Advertisement

ޖިއަޑާނޯ ރީސްޓޮކް ސޭލް؛ 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

14 އޮކްޓޯބަރު 2022 - 06:25 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ އިސްލާމިކް ބޭންކު ކުރިމަތިން ހުންނަ ކްލެސިކް ފިހާރަ -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޖިއަޑާނޯ ރީސްޓޮކް ސޭލް؛ 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

14 އޮކްޓޯބަރު 2022 - 06:25 0

ކްލެސިކްގެ ހަރުތަކުން ކުރިން ނުފެންނަ އާ ކުލަތަކާއި މުޅީން އާ ޕްރޮޑަކްޓު ތައާރަފުކޮށް، 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ "ޖިއަޑާނޯ ރީ-ސްޓޮކް ސޭލް" ފަށައިފި އެވެ.

އާންމުންގެ ފަރާތުން އެންމެ ތަރުހީބު ލިބޭ ޖިއަޑާނޯގެ އާ ސްޓޮކްގެ ތެރޭގައި ތަފާތު ކުލަތަކުގެ ޕޯލޯ، ލިނެން ގަމީސް، އޮކްސްފޯޑް ގަމީސް، ޖީމޯޝަން ސޯޓު، ފަޓުލޫނު އަދި ބެލްޓު ވެސް ހިމެނެ އެވެ. ކުރިން އެ ފިހާރައިން ނުފެންނަ އިތުރު ކުލަތަކުގެ އަންނައުނު ވެސް މިފަހަރު ހަރުތަކަށް ނެރެފައި ވެއެވެ.

ކްލެސިކް ފިހާރަ: ޖިއަޑާނޯ ބުރޭންޑުގެ ތަފާތު ކުލަތައް ވަނީ އެފިހާރައިގެ ހަރުތަކަށް އިތުރު ކުރެވިފައި -- ފޮޓޯ: އަދަދު


ދިވެހީންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދުނިޔޭގެ މަޝްހޫރު ބުރޭންޑު، ޖިއަޑާނޯގެ ފިރިހެނުންނަށް ހާއްސަ ކެޝުއަލް ބޫޓު ވެސް މިފަހަރު ވަނީ ތައާރަފުކޮށްފަ އެވެ. އައު މުދާ ގެނައުމާއެކު އެ ފިހާރައިން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ.

އަމީރު އަހުމަދު މަގުގައި ހުންނަ ކްލެސިކް ފިހާރައަކީ ޖީ2000 އަދި ޖިއަޑާނޯ ބުރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑު ޑިސްޓްރިބިއުޓާ އެވެ. އެ ފިހާރައިން އެ ދެ ބުރޭންޑުގެ އަންހެން އަދި ފިރިހެން އަންނައުނު ވެސް ލިބެ ހުރެ އެވެ.

ކްލެސިކް ފިހާރަ: ރީސްޓޮކް ކުރެވުނުއިރު ފިރިހެން ބޭފުޅުންނަށް ހާއްސަ ކެޝުއަލް ބޫޓު ވަނީ އެފިހާރައިގެ ހަރުތަކަށް ނެރެފައި -- ފޮޓޯ: އަދަދު


އިއްޔެ ކްލެސިކް ފިހާރައިން ފެށި ޖިއަޑާނޯ ރީސްޓޮކް ސޭލް ކުރިއަށް ދާނީ މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށެވެ. އެ ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 23:00 އާ ހަމައަށެވެ. ހުކުރު ދުވަހު ހުޅުވާނީ ހަވީރު 16:00 ގަ އެވެ.