Advertisement

ޖަޕާނުގެ ޕްރައިވެޓް ކުންފުންޏަކުން ހަނދަށް ތާރީހީ ދަތުރެއް ފަށައިފި

11 ޑިސެންބަރު 2022 - 13:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އައިސްޕޭސްގެ ޖައްވީ އުޅަނދު ލޯންޗު ކުރީ ސްޕޭސް އެކްސްގެ ރޮކެޓެއްގައި.


ޖަޕާނުގެ ޕްރައިވެޓް ކުންފުންޏަކުން ހަނދަށް ތާރީހީ ދަތުރެއް ފަށައިފި

11 ޑިސެންބަރު 2022 - 13:54 0

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 11) - ޖަޕާނުގެ ޕްރައިވެޓް ކުންފުންޏެއްގެ ޖައްވީ އުޅަނދެއް ހަނދަށް ކުރާ ތާރީހީ ދަތުރެއްގައި އާދީއްތަ ދުވަހު ލޯންޗުކޮށްފި އެވެ.

މިއީ ޕްރައިވެޓް ކުންފުންޏަކުން ކުރާ މިފަދަ ދަތުރެވެ. އަދި މިއީ ޖަޕާނުން ފުރަތަމަ ފަހަރަށް ހަނދަށް ކުރާ މިޝަން އެވެ.

ޖައްވީ އުޅަނދު ލޯންޗު ކުރީ ބިލިއަނަރު އެލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން އެމެރިކާގެ ފްލޮރިޑާގައި ހުންނަ ކޭޕް ކަނަވެރަލް ލޯންޗު ޕެޑުންނެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ލޯންޗު ކުރުން ފަސްކުރީ ދަތުރުގެ ކުރިން ބައެއް ކަންކަން އިތުރަށް ޗެކް ކުރުމަށެވެ. އެ ޖައްވީ އުޅަނދު އުފެއްދީ ޓޯކިޔޯގެ އައިސްޕޭސް ކުންފުނިންނެވެ.

ފެލްކަން ނުވައެއް ރޮކެޓެއްގައި އެ އުޅަނދު ލޯންޗުކުރި މަންޒަރު ވަގުތުން ދެއްކި އެވެ. އައިސްޕޭސްގެ ސީއީއޯ ޓަކޭޝީ ހަކަމާޑާ ބުނީ ކުންފުނީގެ ފުރަތަމަ މިޝަން ވަރަށް މުހިއްމު ކަމަށެވެ.

"ހަނދާ ގުޅުން ހުރި ދިރާސާތައް ކުރުމަށް އަޅުގަނޑުމެން ވާން ޖެހޭ ހުރިހާ ތައްޔާރީތައް މި ދަތުރުގައި ވާނެ،" އޭނާ ބުންޏެވެ.

މިހާތަނަށް ހަނދުގެ ފަށަލަށް އުޅަނދެއް ނުވަތަ ރޮބޮޓެއް ފޮނުވާފައި ވަނީ ހަމައެކަނި އެމެރިކާ، ރަޝިއާ އަދި ޗައިނާއިންނެވެ. އައިސްޕޭސްގެ މި މިޝަނަކީ ހަކޫޓޯ-އާރް ޕްރޮގްރާމްގެ ފުރަތަމަ މިޝަނެވެ.

އެ ކުންފުނިން ބުނީ ޖައްވީ އުޅަނދު ހަނދަށް ތިރިކުރާނީ އެޕްރީލް 2023 ގައި ކަމަށެވެ. އެ އުޅަަނދުގެ ޖަޕާނުގެ ޖައްވީ އިދާރާއިން އުފެއްދި ދެ ރޮބޮޓު ހިމެނެ އެވެ.