Advertisement

ސޮނީ ސްޕޯޓްސްގެ ފިހާރަތަކުން އަހަރު ނިންމާ ސޭލްގައި ހުރިހާ އެއްޗަކުން %10 ޑިސްކައުންޓް

20 ޑިސެންބަރު 2022 - 15:52 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ސޮނީ ސްޕޯޓްސްގެ ފިހާރަތަކުން އަހަރު ނިންމާ ސޭލްގައި ހުރިހާ އެއްޗަކުން %10 ޑިސްކައުންޓް

20 ޑިސެންބަރު 2022 - 15:52 0

އަހަރު ނިންމުމުގެ ގޮތުން ސޮނީ ސްޕޯޓްސްގެ ފިހާރަތަކުން ވިއްކާ ހުރިހާ މުދަލަކުން 10 ޕަސެންޓު ޑިސްކައުންޓު ލިބޭ ސޭލްއެއް މިއަދު ފަށައިފި އެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ސޭލް ކުރިއަށް ދާނީ ސޮނީ ސްޕޯޓްސްގެ ދަށުން ހިންގާ މި ފިހާރަތަކުންނެވެ؛

  • އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް
  • ޖަނަވަރީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ކިޑްސް
  • މަޖީދީ މަގުގައި ހުންނަ ރާޅު ބައި ސޮނީ ފެޝަން
  • މަޖީދީ މަގުގައި ހުންނަ ޕޫމާ

ސޮނީ ސްޕޯޓްސްގެ ދަށުން ހިންގާ މި ފިހާރަތަކުން މިނީސޯ، މެންގޯ، އެޑިޑާސް، ކުއިކްސިލްވާ، ރޮކްސީ، ބިލަބޯންގު، ރިޕް ކާލް، ލިވައިސް، ރީބޮކް އަދި ކޭސިކްސް ބުރޭންޑުގެ ޕްރޮޑަކްޓުތައް ވިއްކަމުންދެ އެވެ.

އޭގެތެރޭގައި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ހަވީރު ހެދުމާއި، ފައިވާނާއި އަތުކުރީ ގަޑީގެ އިތުރުން ކުޅިވަރު ކުޅޭއިރު ލާ ތަފާތު ޖާޒީތަކާއި ކުޅިވަރު ކުޅޭ އާލާތްތަކާއި ކަސްރަތު ކުރަން ބޭނުން ކުރާ ސާމާނުގެ އިތުރުން މޫދު ކުޅިވަރަށް ހާއްސަ ސާމަނު ވެސް ހިމެނެ އެވެ.

ނަވާރަސްތޭކަ ނުވަދިހަ އެއްވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ސޮނީ ސްޕޯޓްސްގެ ވިޔަފާރިއަކީ ދުނިޔޭގެ މަޝްހޫރު، ފެންވަރު ރަނގަޅު ސާމާނު ވިއްކުމުގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ ވިޔަފާރި އެކެވެ.