Advertisement

ސްވިޓްޒަލޭންޑް ވިސްނަނީ ތާރީހަކަށް ނޫން، ކުއާޓާ ފައިނަލްގެ ޖާގައަކަށް : ކޯޗު

6 ޑިސެންބަރު 2022 - 13:42 0


ސްވިޓްޒަލޭންޑް ވިސްނަނީ ތާރީހަކަށް ނޫން، ކުއާޓާ ފައިނަލްގެ ޖާގައަކަށް : ކޯޗު

6 ޑިސެންބަރު 2022 - 13:42 0

ދޯހާ (6 ޑިސެމްބަރު) - ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު ސްވިޓްޒަލޭންޑުން ތާރީހަށް ނުވިސްނާނެ ކަމަށާއި ސްވިޓްޒަލޭންޑްގެ އަމާޒަކަށް ވާނީ މެޗުން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު މުރަތު ޔަކިން ބުނެފި އެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ސްވިޓްޒަލޭންޑް އެންމެ ފަހުން ޖާގަ ހޯދީ މީގެ 68 އަހަރު ކުރިންނެވެ. އަމިއްލަ ގައުމުގައި 1954 ވަނަ އަހަރު އޮތް މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްވިޓްޒަލޭންޑް ވާދަކުރިއިރު، އޭރު މުބާރާތުގެ ފޯމެޓްގައި ގަދަ 16ގެ ބުރެއް ނޯވެ އެވެ.

އެންމެ ފަހުން އޮތް ދެ ވޯލްޑް ކަަޕްގައި ވެސް ސްޕެއިން ވަނީ ގަދަ 16ގެ ބުރުން ކަޓައިފަ އެވެ. އެހެންކަމުން، މިރޭގެ މެޗުން މޮޅުވެ ސްވިޓްޒަލޭންޑް ދެވަނަ ބުރަށް ދަތުރުކޮށްފިނަމަ، މިހާރު އޮތް ސްވިޓްޒަލޭންޑްގެ ޓީމަށް ތާރީހުން ޖާގައެއް ލިބޭނެ އެވެ.

އެކަމަކު މެޗުގެ ކުރިން ސްވިޓްޒަލޭންޑްގެ ކޯޗު ޔަަކިން ބުނީ މެޗަށް ނުކުންނައިރު ތާރީހާމެދު އެ ޓީމުން ނުވިސްނާ ކަމަށާއި އިދިކޮޅަށް ޕޯޗުގަލް ނުކުތުމަކީ ވެސް އެ ޓީމަށް ހިތްވަރެއް ލިބެންޖެހޭ ކަމެއް ކަމަށެވެ.

"ތާރީހު ބަދަލުކުރުމަށް ފުރުސަތު އޮތުމެކޭ ނެތުމެކޭ ތަފާތެއް ނެތް. އެޔެއް ނޫން އަހަރަމެން ހާސިލްކުރަން ބޭނުންވާ ކަމަކީ. އަހަރެމެން ބޭނުންވަނީ ކުރިއަށް އޮތް މެޗުން ޕޯޗުގަލް ބަލިކޮށް، ކުއާޓާ ފައިނަލަށް ދަތުރުކުރަން،" ޔަކިން ބުންޏެވެ.

"ކުޅިވަރުގައި މާޒީވެ ގޮސްފައިވާ ކަންތައްތަކާމެދު މާ ގިނަ ބަޔަކު އަޅައެއް ނުލާނެ."

މިއީ މި އަހަރުގެ ތެރޭގައި މި ދެ ޓީމު ކުރިމަތިލާ ތިން ވަނަ ފަހަރެވެ. ޔުއެފާ ނޭޝަންސް ލީގުގައި މި އަހަރު އަމިއްލަ ގައުމުގައި ޕޯޗުގަލް އަތުން 1-0 އިން ސްވިޓްޒަލޭންޑް މޮޅުވިއިރު، ރަރުން ބޭރުގައި ޕޯޗުގަލް އަތުން ބަލިވީ 4-0 އިންނެވެ.

ޔަކިން ބުނީ ޕޯޗުގަލް އަކީ ވަރުގަދަ ޓީމަކަށްވިޔަސް، މާބޮޑަށް އެ ޓީމަށް ސަމާލުކަން ދީފިނަމަ، ސްވިޓްޒަލޭންޑަށް އުނދަގޫތައް ކުރިމަތިވެދާނެ ކަމަށެވެ.

"އަހަރެމެންގެ ފެންވަރުގައި ނުކުޅެވިދާނެ އިދިކޮޅު ޓީމަށް މާބޮޑު ސަމާލުކަމެއް ދެންޏާ. އަހަރެމެން ބަލާނީ އަހަރަމެންގެ ގޭމުގައި ރަނގަޅަށް ކުޅެވޭތޯ،"

ޕޯޗުގަލް އާއި ސްވިޓްޒަލޭންޑް މިރޭ ބައްދަލުކުރާ މެޗު ފާށަނީ ރާއްޖެ ގަޑިން 00:00 ގަ އެވެ. -- އޭއެފްޕީ