Advertisement

ސައުދީގެ ޑީލުން އެންމެ މުސާރަ ބޮޑު އެތުލީޓަކަށް ރޮނާލްޑޯ: ރިޕޯޓް

5 ޑިސެންބަރު 2022 - 23:20 0


ސައުދީގެ ޑީލުން އެންމެ މުސާރަ ބޮޑު އެތުލީޓަކަށް ރޮނާލްޑޯ: ރިޕޯޓް

5 ޑިސެންބަރު 2022 - 23:20 0

މެޑްރިޑް (ޑިސެމްބަރު 5) - ސައުދީ އަރަބިއްޔާގެ ގަދަބާރު، އަލް ނަސްރް އިން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ހުށަހަޅާފައިވާ އޮފާ ގަބޫލުކުރަން ނިންމައިފިނަމަ، އޭނާ ވެގެންދާނީ ދުނިޔޭގެ ކުޅިވަރު ތާރީހުގައި ވެސް އެންމެ ބޮޑު މުސާރަ ލިބޭ އެތުލީޓަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރޮނާލްޑޯ، 37، މި ވަގުތު ހުރީ ކްލަބެއްގެ ކޮންޓްރެކްޓްގައެއް ނޫނެވެ. އެއީ މިދިޔަ މަހު 22 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމުމުންނެވެ.

އާ ކްލަބެއް ހޯދަން ރޮނާލްޑޯ މަސައްކަތް ކުރަމުން އަންނައިރު، އޭނާ އަށް އެންމެ ބޮޑަށް ޝައުުގުވެރިކަން ފާޅުކޮށްފައިވަނީ ސައުދީގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަލް ނަސްރް އެވެ. ނަސްރު އިން ރޮނާލްޑޯ އަށް ހުށަހަޅާފައިވާ ދެ އަހަރުގެ ކޮންޓްރެކްޓުން، އިސްތިހާރާއި މުސާރައިގެ ގޮތުގައި ޖުމްލަ އެކު، 207 މިލިއަން ޑޮލަރު ލިބޭނެ އެވެ.

ފޯބްސް އިން ރިޕޯޓްކުރާ ގޮތުގައި މިހާތަނަށް ކުޅިވަރު ކުޅުންތެރިއެއްގެ އާމްދަނީ އަހަރެއްގެ މައްޗަށް އެންމެ ބޮޑަށް ރެކޯޑް ކުރެވިފައިވަނީ 122 މިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް ހޯދި ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރަން ޖޭމްސް އާއި ޕީއެސްޖީ އަށް ކުޅޭ ލިއޮނަލް މެސީ އެވެ. މެސީ އަށް 124 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެ އެވެ. ރޮނާލްޑޯ އަށް މީގެ ކުރިން ލިބެމުން އައީ އަހަރަކު، 115 މިލިއަން ޑޮލަރު އެވެ.

ކްލަބެއްގެ ކޮންޓްރެކްޓްގައި ނެތް ކަމުގައި ވިޔަސް ރޮނާލްޑޯ ހުރީ އަވަސް އަރުވާލައިގެން ގޮތެއް ނިންމަން ބޭނުންވެފައެއް ނޫނެވެ. އޭނާގެ ބޮޑު ފޯކަސް އަކީ ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެވެ. ރޮނާލްޑޯ ބުނީ އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ޓީމަކާ ގުޅޭނެ ކަމަށާއި އެކަމަކު، ރަސްމީ ސިފައެއްގައި ހުރިހާ ކަމެއް ނިންމާނީ މި މަހު 18 ވަނަ ދުވަހު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނިމުމުން ކަމަށެވެ.