Advertisement

މިޔަންމާގައި ހިނގި އެކްސިޑެންޓަކަށް ފަހު ރޮހިންޔާގެ 70 މީހަކު ހައްޔަރުކޮށްފި

5 ޑިސެންބަރު 2022 - 13:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބަންދުކޮށްފައި ތިބި ރޮހިންޔާ މީހުންތަކެއް. -- ފޮޓޯ: ދަ ސްޓާ


މިޔަންމާގައި ހިނގި އެކްސިޑެންޓަކަށް ފަހު ރޮހިންޔާގެ 70 މީހަކު ހައްޔަރުކޮށްފި

5 ޑިސެންބަރު 2022 - 13:28 0

މިޔަަންމާގައި އިނގުރު ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ޓްރަކެއްގެ ތެރޭގައި ފިލައި ތިބި ރޮހިންޔާ ދަރިކޮޅުގެ 70 މީހުން ހައްޔަރުކޮށްފި އެވެ.

އެ މީހުން ހައްޔަރު ކުރީ ޓްރަކް އެކްސިޑެންޓުވެ، ފުލުހުން ގޮސް ބެލި އިރު، އޭގެ ތެރޭގައި ބަޔަކު ފިލައި ތިބިކަން އެނގުމުންނެވެ.

މިޔަންމާގައި އުޅޭ ރޮހިންޔާ މީހުންނަކީ ގާނޫނާ ހިލާފަށް ބަންގްލަދޭޝުން އެތެރެވެން އުޅޭ މީހުން ކަމަށް މިޔަންމާއިން ދެކެ އެވެ. އެ މީހުންނާ ދެކޮޅަށް ޖަރީމާ ހިންގައި ތަފާތު ކުރުންތައް ގެންގުޅެ އެވެ.

މިޔަންމާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޓްރަކްގައި ތިބި މީހުން ހައްޔަރު ކުރީ ހަފުތާއެއް ކުރިން ކަމަށެވެ. އޭގައި ގިނައިން ތިބީ ފިރިހެނުންނެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތަކު ވެސް ހިމެނެ އެވެ. އެކްސިޑެންޓުވި އިރު ޓްރަކް ދުއްވަން ތިބި މިޔަންމާގެ ދެ މީހުން ވަނީ ފިލައިފަ އެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިމިގްރޭޝަން ގާނޫނާ ހިލާފަށް އުޅޭ ރޮހިންޔާ މީހުން މިޔަންމާގައި ދެ އަހަރަށް ޖަލުގައި ބަންދުކުރާނެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ރޮހިންޔާ މީހުންނާ ދެކޮޅަށް މިޔަންމާގައި ބޮޑު ގަތުލްއާއްމެއް ހިންގި އެވެ. އޭގެ ސަބަބުން 750،000 މީހުން ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝަށް އެތެރެވި އެވެ.