Advertisement

ހިންމަފުށިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުޑަކުރަނީ

2 ޑިސެންބަރު 2022 - 17:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ދިވެހި މަސްވެރިންތަކެއް މަސްވެރިކަމުގައި --


ހިންމަފުށިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުޑަކުރަނީ

2 ޑިސެންބަރު 2022 - 17:15 0

ކ. ހިންމަފުށިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ކުޑަކޮށް މާލެ ސަރަހައްދާ އެއް އަގެއްގައި ތެޔޮ ލިބޭނެގޮތް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެފި އެވެ.

އެ ޔޫނިއަން އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއީ އެ ޔޫނިއަންއާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ. އަދި މި ފަހުން މާލެ ސަރަހައްދުގައި މަސްވެރިންނަށް ތެޔޮ ވިއްކާ އަގުވެސް ސަރުކާރުން ކުޑަ ކޮށްދީފައިވާކަން އެ ޔޫނިއަންއިން ވަނީ ފާހަގަކޮށްފަ އެވެ.

ހިއްމަފުއްޓަކީ ގިނަ އަދަދަކަށް މަސްވެރިން މަސްކިރަން ދާ ރަށެއް ކަމުން އެ ރަށުން ލިބޭ ތެލުގެ އަގު ހެޔޮވުމަކީ މަސްވެރިންނަށް ލިބޭނެ ބޮޑު ލުޔެކެވެ.

މިކަމާ ގުޅޭގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ހިންމަފުށި ކައުންސިލްގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ ތެލުގެ އަގު ހެޔޮ ކުރުމާ ބެހޭގޮތުން އަދި ރަސްމީ ސިފައެއްގައި ކައުންސިލަށް މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް މި ފަހުން އެ ރަށުގައި މަސްވެރިންނަށް ތެޔޮ ވިއްކާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ބޭފުޅުން އެ ރަށަށް ވަޑައިގެންނެވި ކަމަށާއި، ތެލުގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުންޏާ ހަވާލާ ދެއްވައި ފާއިޒް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުޑަކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެގޮތުން ހުޅުމާލޭ މަސްވެރިންގެ ޖެޓީން ވިއްކާ ތެލުގެ އަގު ވަނީ މިފްކޯއިން ވިއްކާ އެއްވަރަށް ކުޑަކޮށްފަ އެވެ. މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 17.63ރ. އަށެވެ.