Advertisement

އަމިއްލަ ސަބަބަކާ ހުރެ ވައިޓް އިނގިރޭސި ކޭމްޕް ދޫކޮށްލައިފި

1 ޑިސެންބަރު 2022 - 10:10 0


އަމިއްލަ ސަބަބަކާ ހުރެ ވައިޓް އިނގިރޭސި ކޭމްޕް ދޫކޮށްލައިފި

1 ޑިސެންބަރު 2022 - 10:10 0

އަލް ރައްޔާން، ގަތަރު (ޑިސެމްބަރު 1) - އަމިއްލަ ސަބަބަކާ ހުރެ، އިންގްލެންޑްގެ ޑިފެންޑަރު ބެން ވައިޓް ޓީމު ދޫކޮށް، އެނބުރި ގައުމަށް ގޮސްފި އެވެ.

އާސެނަލަށް ކުޅެމުން އަންނަ ވައިޓް، 24، އަށް މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑް އިން ކުޅުނު ތިން މެޗުގައި ވެސް ކުޅުމުގެ ފުރުސަތު ނުދެ އެވެ. އިންގްލެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިޓް އެނބުރި އައިސް ދެން ޓީމާ ގުޅޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އަދި މި ވަގުތަކީ ވައިޓް ޓީމު ދޫކޮށް ދިޔަ ސަބަބުތައް ދެނެގަނެ، އޭނާގެ "ޕްރައިވަސީ އަށް" އަސަރުކުރާ ގޮތަށް ކަންތައް ކުރަންވީ ހާލަތެއް ނޫން ކަމަށް އެފްއޭގެ ބަޔާނުގައިވެ އެވެ.

އިންގްލެންޑުން ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި އަންނަ ހޮނިހިރު ދުވަހު ސެނެގާލާ ކުޅޭއިރު، އެ މެޗުގެ ކުރިން ވައިޓް ޓީމު ދޫކޮށްދިޔައިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ މިނިޓެއް ކުޅެލުމުގެ ފުރުސަތު ވެސް ވައިޓަށް ނުލިބެ އެވެ.

އިންގްލެންޑުގައި ފަހަކަށް އައިސް ގިނަ މެޗުތަކުގައި ވައިޓަށް ފުރުސަތު ދޭނަމަ ވައިޓް ބޭނުންކުރަނީ ކަނާތު ބެކަކަށެވެ. އެކަމަކު، ވައިޓަކީ ސައުތުގޭޓް މާ ގަޔާވާ ސްޓައިލެއްގެ ކުޅުންތެރިއެއް ނޫން ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅުނު މެޗުތަކުގައި ކަނާތު ބެކަށް ބޭނުންކުރީ ކިއެރަން ޓްރިޕިއޭ އާއި ކައިލް ވޯކާ އަދި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. ޓްރިޕިއޭ އާއި ވޯކާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުއިރު، އާނޯލްޑް ކުޅެން އެރީ ވޭލްސް މެޗުގެ ބަދަލު ކުޅުންތެރިއަކަށެވެ.

އިނގިރޭސި ގައުމީ ޓީމަށް ޖުމްލަ އެކު ހަތަރު މެޗު ކުޅެދީފައިވާ ވައިޓް ޓީމު ދޫކޮށްދިޔަ ސަބަބެއް އަދި މީޑިއާގައި ތަފްސީލީ ގޮތަކަށް ހާމަކޮށްފައިނުވެ އެވެ.