Advertisement

ުމުޅިން އާ ޕުރޮގުރާމުތަކެއް ވިލާ ކޮލެޖުން ތައާރަފުކޮށްފި

29 ނޮވެންބަރު 2022 - 17:25 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އާ ކޯސްތަކެއް ތައާރަފު ކުރުމަށް ވިލާ ކޮލެޖުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓުވިޓާ


ުމުޅިން އާ ޕުރޮގުރާމުތަކެއް ވިލާ ކޮލެޖުން ތައާރަފުކޮށްފި

29 ނޮވެންބަރު 2022 - 17:25 0

އަންނަ އަހަރު ޖެނުއަރީ އިންޓޭކަށް ވިލާ ކޮލެޖުން މުޅިން އާ ކޯސްތަކެއް ތައާރަފުކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން އަލަށް ތައާރަފުކޮށްފައި ވަނީ:

  • ބެޗްލާސް އޮފް އާޓްސް އިން ހެލްތު ސާވިސް މެނޭޖުމަންޓު
  • ސެޓިފިކެޓު 3 އިން ގުރެފިކް ޑިޒައިނިން
  • މާސްޓާސް އޮފް ސައިންސް އިން ޕުރޮޖެކްޓު މެނޭޖުމަންޓު
  • ބެޗުލާ އޮފް އާޓްސް އިން ބިޒްނަސް އެންޑު ޕުރޮޖެކްޓު މެނޭޖުމަންޓު
  • މާސްޓާ އޮފް ސައިންސު އިން ކައުންސެލިން

މުޅިން އަލަށް ތައާރަފުކުރި މި ކޯސްތަކުގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން ޔޫކޭ ޔުނިވާސިޓީ އާއި ޔުނިވާސިޓީ އޮފް ވެސްޓު އިންގުލެންޑުގެ މާސްޓާސް އަދި ބެޗުލާސް ޑިގުރީ ޕުރޮގުރާމުތައް ހިމެނެ އެވެ.

ޖެނުއަރީ މަހުގެ ފަހު ހަފުތާގައި ވިލާ ކޮލެޖުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވާއިރު، އެ އިންޓޭކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަހެެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު، އާއިޝަތު މުހައްމަދު ދީދީ ޕުރޮގުރާމެއް ލޯންޗުކޮށްދެއްވަނީ -- ފޮޓޯ: ވިލާ ކޮލެޖު


އާ ކޯސްތައް ތައާރަފު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު، އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މުޖުތަމައުގައި ދުވަހެއް ދުވަހަކަށް ވުރެ ނަފްސާނީ ބަލިތައް އިތުރުވަމުން އަންނައިރު އެ ބަލިތަކަށް ފަރުވާ ދޭނެ ޑޮކްޓަރުން ތަމްރީނުކޮށް އިތުރު ކުރަންޖެހޭ ކަމަށާއި، އެ ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތަކީ ކުޑަ މަސައްކަތެއް ނޫން ކަމަށެވެ.

މާސްޓާސް އޮފް ސައިންސް އިން ކައުންސިލިން ފަދަ ކޯސްތައް ތައާރަފުކޮށް އެ ދާއިރާއިން ކުރިއަށް ދިޔުމަށް ވިލާ ކޮލެޖުން ދޮރާއްޓެއް ހުޅުވާލަދިންކަމީ ޝުކުރު ހައްގު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިލާ ކޮލެޖުން ބުނީ މި ޕްރޮގުރާމުތައް ރާއްޖޭގެ އެކި ކަންކޮޅުގައި ހުރި ވިލާގެ ހުރިހާ ކެމްޕަސްތަކެއްގައި ވެސް ހިންގަން ހަމަޖެހިފައިވާ ކަމަށާއި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.