Advertisement

ފަސް ދުވަސް ކުރިން ގެއްލުނު ނޮޅިވަރަންފަރު ޒުވާނަކު ހޯދަނީ

28 ނޮވެންބަރު 2022 - 21:12 0

ގެއްލިގެން ހޯދަމުންދާ އާލިމް: އޭނާ މާލެ ދަތުރު ކުރިކަން އާއިލާއަށް އެނގިފައިވާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: ޕޮލިސް


ފަސް ދުވަސް ކުރިން ގެއްލުނު ނޮޅިވަރަންފަރު ޒުވާނަކު ހޯދަނީ

28 ނޮވެންބަރު 2022 - 21:12 0

މީގެ ފަސް ފަސް ދުވަސް ކުރިން ގެއްލުނު ހދ. ނޮޅިވަރަންފަރު ޒުވާނަކު ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން މިރޭ އެދެފި އެވެ.

ގެއްލިގެން ހޯދަނީ ނޮޅިވަރަންފަރު، ނޫރަންވިލާ، ހުސެއިން އާލިމް، 31، އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. އެ ދުވަހު އޭނާ މާލެއަށް ދަތުރު ކުރި ކަމަށް އެނގިފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.

"މި މަހު 23 ވަނަ ދުވަހު އޭނާ މާލެ އައިކަން އެނގިފައިވާމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ސޯޝަލް މީޑިއާގައި ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.