Advertisement

އެޓޫގެ ޕްރިޑިކްޝަންގެ ޕްރެޝަރެއް ކެމަރޫނަަކަށް ނެތް

28 ނޮވެންބަރު 2022 - 11:04 0

ކެމަރޫންގެ ޕްރެކްޓިހެއްގެ ތެރެއިން އެޓޫ: އޭނާ ވަނީ ކެމަރޫން ވޯލްޑް ކަޕްގެ ފައިނަލަށް ދާނެ ކަމަށް ބުނެފައި.


އެޓޫގެ ޕްރިޑިކްޝަންގެ ޕްރެޝަރެއް ކެމަރޫނަަކަށް ނެތް

28 ނޮވެންބަރު 2022 - 11:04 0

ދޯހާ، ގަތަރު (ނޮވެމްބަރު 28) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރިން ކެމަރޫންގެ ފުޓްބޯޅަ ރައީސް، ކުރީގެ ފޯވާޑް ސެމުއެލް އެޓޫ، މުބާރާތުގެ ފައިނަލުގައި ކުޅޭނީ މޮރޮކޯ އާއި ކެމަރޫން ކަމަށް ޕްރިޑިކްޓް ކޮށްފައިވީ ނަމަވެސް އޭގެ ޕްރެޝަރު ކެމަރޫން ޓީމަށް އޮތް ކަމަށް އެއްބަސްނުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ރިގޮބާޓް ސޮންގް ބުނެފި އެވެ.

ވޯލްޑް ކަޕްގެ މެޗަކުން ކެމަރޫން އެންމެ ފަހުން މޮޅުވީ 2002 ވަނަ އަހަރު އެވެ. އޭރު ސޮންގާއި އެޓޫ އަކީ ކެމަރޫން ޓީމުގެ ކުޅުންތެރިންނެވެ.

ކެމަރޫން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 1-0 އިން ސްވިޒަލެންޑް އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ކެމަރޫނުން ސާބިއާއާ ބައްދަލުކުރާއިރު، އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ސޮންގާ އަމާޒުވީ އެޓޫގެ ޕްރިޑިކްޝަނާ ގުޅޭ ސުވާލުތަކެވެ.

ސޮންގް ބުނީ އެޓޫ އަކީ ފުޓްބޯޅައިގެ "ޕެޝަން" ވަރަށް ބޮޑު މީހެއް ކަމަށާއި އެ ވިސްނުމުގައި ދައްކާ ވާހަކަ އަކީ ހިތްވަރެއްގެ ގޮތުގައި ޓީމުން ނަގާނެ ކަމަށެވެ.

"އަހަރެމެންގެ ފުޓްބޯޅަ ރައީސް (އެޓޫ) އަކީ ފުޓްބޯޅައިގެ ވަރަށް ޕެޝަނޭޓް މީހެއް. އޭނަ އަކީ ފުޓްބޯޅައިން ހުރިހާ ކަމެއް ހާސިލްކުރި ފުޓްބޯޅައިގެ ތެރެއިން ނޭވާ ހިނގާ މީހެއް. ޔަގީންކަމާ އެކު ބުނަން ކެރޭ އޭނާ އަކީ އަހަރެމެންގެ ކޮނޑުގައި ޕްރެޝަރުގެ ޒިންމާއެއް އަޅުވާނެ މީހެއް ނޫނޭ. އޭނާ އެ ދެނީ ހިތްވަރެއް،" ސޯންގް ބުންޏެވެ.

ސްވިޒަލެންޑް މެޗުގެ ތެރެއިން ސޯންގް އެ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.


ކެމަރޫން އެކޭ އެއްގޮތަށް ސާބިއާ ވެސް ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ. ސޯންގް ބުނީ ސާބިއާ އަތުން މޮޅުވެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި އެންމެ މުހިންމު ކަަމަކީ މިއީ މޮޅުވެވޭނެ މެޗެއްގެ ގޮތުގައި ދަނެގެން ކުުޅުންތެރިން ވެސް ދަނޑުމައްޗަށް އެރުމެވެ.

"އަހަރެމެން ގަބޫލުކުރަން ޖެހޭނެ އަހަރެެމެންނަށް މި މެޗުން ހާސިލްކުރެވޭނެ އެއްޗެއް އެބައޮތްކަން. އެހެން ނޫނީ މޮޅުވުމަކީ ވާނެ ކަމެއް ނޫން. ހިތްވަރެއް ހުރެގެން، އަޒުމެއް އޮވެގެން މި ލެވަލްގައި ތަފާތެއް ދެއްކޭނީ،" ސޯންގް ބުންޏެވެ. "ތަފާތު ކެމަރޫން ޓީމެއް ފެންނާނެ، އެއީ އަހަރެމެންނަށް އަމާޒުވަމުން މި އަންނަ ފާޑުކިޔުންތައް ހުއްޓޭނެ ވަރުގެ ކުޅުމެއް ދައްކައިގެން."

ސާބިއާ އިން މީގެ ކުރިން އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ސާބިއާ ކޯޗު، ޑްރަގަން ސްޓޮޖްކޮވިޗް ބުނީ ފުރަތަމަ މެޗުގައި ބްރެޒިލާ ދެކޮޅަށް މެޗު ދިޔަ ގޮތުން ފިލާވަޅު ނަގާފައިވާނެ ކަމަށާއި އެކަންކަން ރަނގަޅުކޮށް ކެމަރޫން އަތުން މޮޅުވެ، އަމިއްލަ ބާރުގައި ގަދަ 16 ބުރަށް ދިއުމަށް ފަހު މެޗަށް ދާން ބޭނުންވާ ކަމަށެވެ.

ކެމަރޫނާއި ސާބިއާގެ މެޗު ފަށާނީ މިއަދު ތިނެއް ޖަހާއިރު އެވެ.