Advertisement

ހުޅުމާލެ މަސްވެރިންގެ ޖެޓީން ވިއްކާ ތެލުގެ އަގު ހެޔޮ ކުރަނީ

27 ނޮވެންބަރު 2022 - 18:50 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުޅުމާލެ މަސްވެރިންގެ ޖެޓީން ވިއްކާ ތެލުގެ އަގު ހެޔޮ ކުރަނީ

27 ނޮވެންބަރު 2022 - 18:50 0

ހުޅުމާލޭގެ މަސްވެރިންގެ ޖެޓީން ވިއްކާ ތެލުގެ އަގު މާދަމާއިން ފެށިގެން ހެޔޮވާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހާމަކޮށްފި އެވެ.

އެތަނުގައި މީގެކުރިން ތެޔޮ ވިއްކަމުން ދަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ ވިޔަފާރި ކުރަމުންދާ އެންސިސް ގްރޫޕުންނެވެ. އެހެންވެ، އެތަނުން ތެޔޮ ވިއްކަމުން ދިޔައީ މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ ރޭޓުތަކަށް ވުރެ ބޮޑު ރޭޓެއްގަ އެވެ.

"މިފްކޯއާ އެއް ރޭޓެއްގައި މަސްވެރިންނަށް ތެޔޮ ވިއްކޭނެ އިންތިޒާމު މި ހަމަޖައްސަނީ. މަސްވެރިކަމަށް ރެޖިސްޓްރީ ކޮށްފައި ހުރި ދޯނިތަކަށް އެ ރޭޓުގައި ލިބޭނެ،" މި ނޫހާ ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް ވިދާޅުވި އެވެ.

މިފްކޯއާ އެއް ރޭޓެއްގައި މަސްވެރިންނަށް ޑީސެލް ވިއްކުމުގެ ގޮތުން އެފްއެސްއެމްއިން ވަނީ އެންސިސްއިން ހިންގަމުންދިޔަ ތެޔޮ މަރުކަޒާ ހަވާލުވެފަ އެވެ. އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 17.63ރ. އަށެވެ.