Advertisement

ތެލުގެ އަގު ހެޔޮކޮށްފި، ޕެޓްރޯލް ލީޓަރެއް 14.33ރ، ޑީސަލް ލީޓަރެއް 14.62ރ

8 ޑިސެންބަރު 2023 - 00:36 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ފިއުލް ސަޕްލައިގެ ތެޔޮ ޝެޑެއް. -- ފޮޓޯ: އަދަދު


ތެލުގެ އަގު ހެޔޮކޮށްފި، ޕެޓްރޯލް ލީޓަރެއް 14.33ރ، ޑީސަލް ލީޓަރެއް 14.62ރ

8 ޑިސެންބަރު 2023 - 00:36 0

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހަ މަސް ދުވަސް ފަހުން ހެޔޮކޮށްފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް، އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން (ޑިސެމްބަރު 8) އިން ފެށިގެން ވިއްކާ ޕެޓްރޯލުގެ ލީޓަރަކުން 45 ލާރި، އަދި ޑީސަލް ލީޓަރަކުން 40 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

ބަދަލުގެ ސަބަބުން ދެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.33ރ. އަށް އަދި ޑީސަލް ލީޓަރެއް 14.62ރ. އަށެވެ.

ތެލުގެ އަގަށް އައިސްފައިވާ ބަދަލު

  • ޑިސެމްބަރު 8، 2023: ޕެޓްރޯލް ލީޓަރެއް 14.33ރ، ޑީސަލް ލީޓަރެއް 14.62ރ.
  • ޖޫން 9، 2023: ޕެޓްރޯލް ލީޓަރެއް 14.73ރ، ޑީސަލް ލީޓަރެއް 15.07ރ.
  • މެއި 1، 2023: ޕެޓްރޯލް ލީޓަރެއް 15.14ރ، ޑީސަލް ލީޓަރެއް 15.70ރ.
  • އޯގަސްޓް 18، 2022: ޕެޓްރޯލް ލީޓަރެއް 15.97ރ، ޑީސަލް ލީޓަރެއް 16.32ރ.
  • ޖޫން 24، 2022: ޕެޓްރޯލް ލީޓަރެއް 16.55ރ، ޑީސަލް ލީޓަރެއް 16.77ރ.
  • ޖޫން 24، 2022: ޕެޓްރޯލް ލީޓަރެއް 12.06ރ، ޑީސަލް ލީޓަރެއް 12.44ރ.