Advertisement

ޗައިނާއިން ސްރީލަންކާއަށް ހިލޭ ޑީސެލް ޝިޕްމަންޓެއް ފޯރުކޮށްދީފި

27 ނޮވެންބަރު 2022 - 12:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑީސެލް ޝިޕްމަންޓް ކޮލޮމްބޯއާ ހަމައަށް ގެންދިޔައީ "ސުޕާ އީސްޓާން" ތެޔޮ ޓޭންކަރުގައި. -- ފޮޓޯ: ވެސެލް ފައިންޑާ


ޗައިނާއިން ސްރީލަންކާއަށް ހިލޭ ޑީސެލް ޝިޕްމަންޓެއް ފޯރުކޮށްދީފި

27 ނޮވެންބަރު 2022 - 12:51 0

ޗައިނާގެ ފަރާތުން ސްރީލަންކާއަށް ހިލޭ ޑީސެލް ޝިޕްމަންޓެއް ފޯރުކޮށްދީފި އެވެ.

އެ ޝިޕްމަންޓް ހިފައިގެން ދަތުރު ކުރި "ސުޕާ އީސްޓާން" ތެޔޮ ޓޭންކަރު ކޮލޮމްބޯ ބަނދަރަށް ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ.

"ސާމްޕަލް ޓެސްޓު ކުރުމަށް ފަހު 10.6 މިލިއަން ލީޓަރުގެ ޑީސެލް އަންލޯޑް ކުރަން ފަށާނެ. އެ ޝިޕްމަންޓް ހަވާލުކުރާނީ އެނާޖީ މިނިސްޓްރީއާ. އެހީ ބޭނުންވާ ދަނޑުވެރިންނާއި މަސްވެރިންނަށް ޑީސެލް ހިލޭ ލިބޭނެ،" ކޮލޮމްބޯގައި ހުންނަ ޗައިނާ އެމްބަސީއިން ކުރި ޓްވީޓެއްގައި ބުންޏެވެ.

ޗައިނާއިން ބުނީ 10.6 މިލިއަން ލީޓަރުގެ ޑީސެލް ހަދިޔާ ކުރަން ނިންމީ ސްރީލަންކާގެ ދަނޑުވެރިންނާއި މަސްވެރިންނަށް އެހީވުމަށް ކަމަށެވެ.

ލަންކާގެ 51 ބިލިއަން ޑޮލަރުގެ ބޭރުގެ ދަަރަނި ޑީފޯލްޓްވެފައިވާ އިރު، ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުންދެ އެވެ.

އިންފްލޭޝަން ހިފެހެއްޓުމެއް ނެތި މައްޗަށް ޖެހެމުންދާކަން ފާހަގަކޮށް، އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނީ މި އަހަރު އިގްތިސާދު ރެކޯޑް ނިސްބަތުން އަށް ޕަސެންޓުން ކުޑަވުމުގެ ނުރައްކާ އެބަ އޮތް ކަމަށާއި އިންފްލޭޝަން 65 ޕަސެންޓަށް އެރުން އެކަށީގެންވާ ކަމަށެވެ.