Advertisement

ދުވަސްތަކަކަށްފަހު އަނެއްކާވެސް މާލޭގައި ވެލި މަގެއް

26 ނޮވެންބަރު 2022 - 14:51 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުކުރު މިސްކިތާއި ކުރީގެ ރޯޝަނީ ބިލްޑިންއާ ދެމެދު އޮންނަ ޝަހީދު މުހައްމަދު އިބްރާހިމް ހިގުމަށް ވެލި ލާފައި -- ފޮޓޯ: އަދަދު


ދުވަސްތަކަކަށްފަހު އަނެއްކާވެސް މާލޭގައި ވެލި މަގެއް

26 ނޮވެންބަރު 2022 - 14:51 2

ދުވަސްތަކަކަށްފަހު މާލޭގައި އަނެއްކާވެސް މާލޭގައި ވެލި މަގެއް ހަދާ ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މިފަހަރު މާލޭގައި ވެލި މަގެއްގެ ގޮތުގައި ގާއިމުކޮށްފައިވަނީ ހުކުރު މިސްކިތާއި ކުރީގެ ހުރަވީ ބިލްޑިން އާ ދެމެދު އޮންނަ ޝަހީދު މުހައްމަދު އިބްރާހިމް މަގުގަ އެވެ. މިހާރު އެ މަގު ވަނީ ކަށިވެލި ލައި ހުޅުވަން ތައްޔާރުވެފަ އެވެ.

މިކަމާއި ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މި މަގު ގާއިމުކުރީ އެފަދަ މަގެއް މި މާލޭގައި ފެންނަން އޮތުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭތީ ކަމަށެވެ. އަދި ސަރުކާރުން މިފަދަ ކަންކަން ދިރުވާ އާލާކުރަން ކުރަމުންދާ މަސައްކަތް އަކްރަމް ފާހަގަކުރެއްވި އެވެ.

"މާލޭގައި ކުރިން އޮތް ހަމައެކަނި ވެލި މަގު ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މި ސަރުކާރުން ބޭނުންވަނީ އެކަން އިޔާދަކުރަން" އަކްރަމް ވިދާޅުވި އެވެ.

މީގެ ކުރިން މާލޭގައި ވެލި މަގެއްގެ ގޮތުގައި އޮތީ އިސްލާމިކް މަރުކަޒާއި ބަންޑާރަ ކޮށްޓާއި ދެމެދު އޮންނަ މަގެވެ. ނަމަވެސް، އެ ސަރަހައްދު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ހިމަނާ މާބުލް ޖެހީ ނިމިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގަ އެވެ.

ކުރީގެ ހުރަވީ ބިލްޑިން ހުރި ސަރަހައްދުގައި ހަދާ ޕާކު އަދި ޕާކިން ޒޯން (ކ)، އަދި އަލަށް ހަދާ ވެލި މަގު (ވ) -- ފޮޓޯ: އަދަދު


އޭގެ އިތުރުން އަކްރަމް ވިދާޅުވީ މިފަދަ މަގެއް ހެދުން އެންމެ އެކަށީގެންވަނީވެސް ހުކުރު މިސްކިތް ފަދަ ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއްގައި ކަމަށެވެ. ކުރު މިސްކިތުގެ ގޯތިތެރޭގައި ދޮންވެލި ލާފައި އޮންނައިރު ޖެހިގެން އޮންނަ މަގެއް ގޮތަށް ބަދަލުކޮށްލުމަކީ މުހިންމު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ކުރިން މި މަގު ބޭނުންކުރެވުނީ އެ ސަރަހައްދުގެ އޮފީސް ތަކުގެ ފަރާތްތަކުން ވެހިކަލް ޕާކު ކުރާ ސަރަހައްދެއްގެ ގޮތުގަ އެވެ. ދުވަސްވެފައިހުރި ހުރަވީ ބިލްޑިން ތަޅާލުމަށްފަހު އެތަނުގައި މިހާރު ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ހަދަމުން އަންނައިރު، ވީހާވެސް އަވަހަކަށް އެތަން ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވި އެވެ.