Advertisement

މިއަހަރު 1،6 މިލިއަން ޓޫރިސްޓުން އަންނާނެ، މިހާތަނަށް 1.4 މިލިއަން

25 ނޮވެންބަރު 2022 - 14:47 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ލައުންޖު؛ މި އަހަރަށް އަމާޒުކުރި އަދަދު ހާސިލްވާނެ ކަމަށް ބެލެވޭ -- ފޮޓޯ: އަދަދު ފައިލް


މިއަހަރު 1،6 މިލިއަން ޓޫރިސްޓުން އަންނާނެ، މިހާތަނަށް 1.4 މިލިއަން

25 ނޮވެންބަރު 2022 - 14:47 0

މި އަހަރުގެ މިހާތަނަށް 1.4 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އަހަރު ނިމުމުގެ ކުރިއަށް މި އަަހަރަށް އަމާޒުކޮށްފައިވާ ވަރަށް 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭ ކަމަށް ޓރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައިވާ ގޮތުގައި ނޮވެމްބަރު 23، ވަނަ ދުވަހުގެ ނިޔަލަށް 1،456،170 ޓރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އޭގެ އިތުރަށް އަދި 38 ދުވަސް އަހަރުގައި އޮތުމުން ޑިސެމްބަރު މަހުގެ ތިންވަނަ ހަފުތާއަށް 1.6 މިލިއަން ހަމަވާނެ ކަމަށް އޭނާ އަންދާޒާ ކުރެއްވި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ޓޫރިސްޓުން ޒިޔާރަތްކުރާނެ އަދަދަކަށް ޖެހީ 1،632،432 ޓޫރިސްޓުންނެވެ. އެއީ "މޮޑަރޭޓް ކޭސް" އެއްގައި، ހާއްސަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު އަންނާނެ ކަމަށް ލަފާކުރި އަދަދެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން 2020 ވަނަ އަހަރު ރާއްޖޭގެ ބޯޯޑަރުތައް ބަންދުކުރުމުގެ ކުރިއަށް، އަހަރަކު އެވެރެޖް ގޮތެއްގައި އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އާދެ އެވެ. ކޮވިޑްގެ ހާލަތު އޮތް އެ އަހަރު ރާއްޖެ އައީ އެންމެ ފަސް ލައްކަ ޓޫރިސްޓުންނެވެ.

އޭގެ ކުރިއަށް 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރު ރާއްޖެ އައީ 1.3 މިލިއަން ޓޫރިސްޓުންނެވެ.