Advertisement

މާލޭގައި ޓޭބަލް ޓެނިހަށް ހާއްސަ ބޮޑު ފެސިލިޓީއެއް

25 ނޮވެންބަރު 2022 - 10:36 0

ހ. މުނިއުފާގައި އިއްޔެ ހުޅުވި މާލޭ ޓީޓީ ހޯލު، ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުޑަކުދިންތަކަކާ އެކު ޓީޓީ ކުޅުއްވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މާލޭގައި ޓޭބަލް ޓެނިހަށް ހާއްސަ ބޮޑު ފެސިލިޓީއެއް

25 ނޮވެންބަރު 2022 - 10:36 0

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ހ. މުނިއުފާގައި ގާއިމްކުރި "މާލޭ ޓީޓީ ހޯލު" ރަސްމީކޮށް އިއްޔެ ހުޅުވައިފި އެވެ.

މި ހޯލު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ޓީޓީ އެސޯސިއޭޝަނުގެ އިސް ފަރާތްތައް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މަރާމާތަށް ފަހު ހ. މުނިއުފާގައި ގާއިމްކުރި މި "މާލޭ ޓީޓީ ހޯލު" ގައި 12 މޭޒުގައި ކުޅެވޭނެ އެވެ. މިއީ މި ގޮތަށް ބަލާނަމަ ޓީޓީ ފަރިތަކުރުމަށާއި ކުޅުމަށް ރާއްޖޭގައި ގާއިމްކުރެވުނު އެންމެ ބޮޑު ފެސިލިޓީ އެވެ.

ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ ޓީޓީ ކުޅުންތެރިންނަށް މި ފަދަ ވަސީލަތެއް ލިބިގެންދިއުމަކީ ރާއްޖޭގައި މި ކުޅިވަރު ފުޅާކުރަން ކުރަން ހުރި މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި ސަރުކާރުން ޓީޓީ ކުރިއެރުވުމަށް ދޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ޝިއުރީ ވަނީ ވިދާޅުވެފަ އެވެ.

ޓީޓީ ހޯލު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މި ސަރުކާރުން މީގެ ކުރިން ވެސް ވަނީ ޓީޓީ އަށް ވަސީލަތްތަކެއް ގާއިމްކޮށްދީފަ އެވެ. އެ ގޮތުން ހުޅުމާލޭގަޔާއި ޏ. ފުވައްމުލަކުގައި ޓީޓީ ކުޅެން ހޯލުތަކެއް ވަނީ ގާއިމްކޮށްދީފަ އެވެ. އެ ތަންތަނުގައި ޓީޓީގެ ޑިވެލޮޕްމަންޓްގެ ގިނަ މަަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.

މީގެކުރިން ވަސީލަތުގެ ގޮތުން އެންމެ ބަލިކަށިކޮށް އޮތް އެއް އެސޯސިއޭޝަނަކީ ޓީޓީ އެވެ. އެކަމަކު، މި ސަރުކާރު އައި ފަހުން، ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތުގެ ތެރެއިން އެންމެ ރަނގަޅު ވަސީލަތްތައް ހަމަޖެހިގެންދިޔަ ކުޅިވަރަކީ ޓީޓީ އެވެ.

ރާއްޖޭގައި މި އަހަރު ވަނީ ސައުތު އޭޝިއަން ޖޫނިއާ ޓީީޓީ މުބާރާތް ބާއްވައިފަ އެވެ. އެ މުބާރާތުގެ މެޗުތައް ކުޅުނީ ކުޅިވަރު އެކުވެނި އިންޑޯ ކޯޓުގަ އެވެ.

އިއްޔެ ހުޅުވި، މާލޭ ޓީޓީ ހޯލަކީ 12 މޭޒުގެ ފެސިލިޓީއެއް ކަމަށްވާއިރު، ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ބަލާއިރު، މިއީ ޖާގައިގެ ގޮތުން ތަނަވަސްކޮށް، އޮތް ހޯލެކެވެ.