25 ނޮވެންބަރު 2022 - 10:18 0
މުހައްމަދު ޝަހްޒާން
25 ނޮވެންބަރު 2022 - 10:18 0
ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އަންނަ އެންމެ ފޯރިގަދަ "ބޯޅަ އީދު" ގެ ފޯރި ދުނިޔޭގެ ހަތަރު ބިތުގައި ވެސް ހިއްޕާލާފައިވާއިރު، މިއީ އަހަރުމެންނާ އެންމެ ގާތަށް ވޯލްޑުކަޕެއް އައި ފުރަތަމަ ފަހަރެވެ. އެއާ އެކު މުޅި ރާއްޖޭގެ އުތުރުން ދެކުނަށް އެއްއަޑު ކޮށްލާފައި ވާ މި ދަނޑިވަޅުގައި "އަދަދު"ން މިވަނީ ފުޓުބޯޅައަށް މަރުދޭ މީހުންގެ ފޯރީގައި ބައިވެރިވެ، އެމީހުންނަށް އިތުރު ހިތްވަރެއް ދީފަ އެވެ.
ފުޓުބޯޅަ ސަޕޯޓަރުންނަށް އަދަދުން މި ހިތްވަރު ދިނީ ދިވެހި ރެޕުގެ ރަސްގެފާނު، ސިމްބޮލިކް ރިކޯޑްސްގެ އަޑުން، ލަވައެއްގެ ގޮތުގަ އެވެ. ހިތްގައިމު ވީޑިއޯ އަކާ އެކު ރޭގައި ރިލީޒް ކުރި "ވިހުރުވާލާ" އަކީ ސައްތައިން ސައްތަ އަދަދުގެ އުފެއްދުމެކެވެ. ބޯޅަ އީދަށް ހާއްސަ މިލަވައިގެ ހުރިހާ މަސައްކަތެއް އަދަދުގެ ކުރިއޭޓިވް ޓީމުން ކޮށްފައި ވާއިރު، މި ރީތި އުފެއްދުން ޑައިރެކްޓުކޮށްފައި ވަނީ، އަދަދުގެ ކުރިއޭޓިވް އެޑިޓަރު އަބްދުﷲ ޝަފީއު (އަބޯ) އެވެ.
"މިއީ ވަރަށް މަސައްކަތް. މުޅި ޓީމުގެ މަސައްކަތުން ލަވަ މިހާ ފުރިހަމަ ވެގެން ދިޔައީ. މިއީ މި ވޯލްޑު ކަޕަށް ފޯރި ގެނެސްދޭނެ، ޖޯޝް ގެނެސްދޭނެ ފަދަ އުފެއްދުމެއް،" ނޫސްވެރިކަމުގައި މިދިޔަ އަހަރުގެ އެންމެ މޮޅު ގްރެފިކް ޑިޒައިނަރުގެ އެވޯޑު ލިބިފައިވާ އަބޯ ބުންޏެވެ.
ރީތި ކުލަތަކުން ފުރިހަމަކަން ގެނެސްދީފައިވާ މި ލަވައިން ބޮޑުބެރުގެ ނަލަ ހަރަކާތްތަކާއި ފުޓުބޯޅައިގެ ހުނަރުން ފުރިފައިވާ މޫނުތަކާއި މަޝްހޫރު އެތުލީޓުންނާއި ނެށުމުގެ ފަރި ހަރަކާތްތަކުގެ އިތުރުން ފުޓުބޯޅައިން ގެނެސްދޭ އަހުވަންތަކަމާއި އެކުވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދެ އެވެ. މާލޭގެ ފުޓުބޯޅަ ފޯރި އެންމެ ވަރުގަދައަށް އޮތް ސަރަހައްދުތަކުގައި ވީޑިއޯ ކޮށްފައިވާ މި ލަވައިގެ ޝޫޓިން ނިންމާލާފައި ވަނީ އެންމެ ހަތަރު ދުވަހުންނެވެ.
"އަދަދު" ނޫހުގެ ޔޫޓިއުބް އަދި އަދަދުގެ ފޭސްބުކް ޕޭޖުން އަޑުއަހާލެވޭ މި ލަވައިން ބޯޅައަށް މަރުދޭ މީހުންނަށް ލިބޭނީ ހަމައެކަނި ހިތްވަރެއް ނޫނެވެ. ކުޅިވަރު ފޯރިއާއި ޖޯޝު ގެނުވައި، ލޭވެސް ކައްކުވާލާނެ އެވެ.
ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ސަޕޯޓަރުންނަށް މި ލަވަ ވެގެންދާނީ ވަރަށް އުފާވެރިކަން ގެނުވާނެ ލަވައަކަށެވެ. ބޮޑު ސްކްރީނުތަކާއި ގޭގޭގެ ސިޓިން ރޫމުތަކުގައި ވެސް ފޯރި ހިއްޕާލާނެ މި ލަވައާއި އެކު، މި އުފެއްދުމުގެ ފަހަތުގައި ތިބި ޓީމުން އެދެނީ އެންމެ ކަމެކެވެ. އެއީ؛
މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ސިމްބޮލިކްއާ ގުޅިގެން އަދަދު ނޫހުން ދޫކޮށްލި "މީ އެ ފަހަރޭ" ވީޑިއޯ ލަވަ ވެގެން ދިޔައީ އެ މުބާރާތުގައި ނެރުނު ނަލަތަކުގެ ތެރެއިން އެންމެ ފޯރި އާއި ޖޯޝް ގެނެސްދިން ލަވަ އަށެވެ.
އަބޯ ޑައިރެކްޓުކުރި "ވިހުރުވާލާ" ލަވަ ކެމެރާކޮށް އަދި އެޑިޓު ކުރީ މިރާޝް ނާޝިމް އަދި މިރާން ނާޝިމް އެވެ. ފޮޓޯގްރަފީ ޑިރެކްޓަރަކީ އަދަދުގެ ފޮޓޯގްރާފަރު މުހައްމަދު ޝާބިން އެވެ. އަދި، ޕްރޮޑަކްޝަން މެނޭޖަރަކީ އަދަދުގެ ފޮޓޯގްރާފަރު އަބްދުﷲ އިޔާން އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment