Advertisement

އަގުހުރި އިނާމުތަކާ އެކު "ބޯޅައީދު ފޮޓޯ ކޮންޓެސްޓް" އަށް ހުޅުވާލައިފި

24 ނޮވެންބަރު 2022 - 14:06 0


އަގުހުރި އިނާމުތަކާ އެކު "ބޯޅައީދު ފޮޓޯ ކޮންޓެސްޓް" އަށް ހުޅުވާލައިފި

24 ނޮވެންބަރު 2022 - 14:06 0

ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕާ ދިމާކޮށް "އަދަދު" ނޫހުން ކުރިއަށްގެންދާ "ބޯޅައީދު" ކަވަރޭޖުގެ ތެރެއިން އަގުހުރި އިނާމުތަކާ އެކު ހާއްސަ ފޮޓޯ މުބާރާތެއް އޫރީދޫ މޯލްޑިވްސްއާ ގުޅިގެން ފަށައިފި އެވެ.

އެގޮތުން، "ބޯޅައީދު ފޮޓޯ ކޮންޓެސްޓް" ގެ ނަމުގައި މި މުބާރާތް ކުރިއަށްގެންދަނީ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރަމްގަ އެވެ. މި މުބާރާތަށް ހުށަހެޅޭނީ ވޯލްޑް ކަޕްގެ ފޯރި ދައްކުވައިދޭ ނުވަތަ އެ ނޫން ގޮތަކުން ވެސް ވޯލްޑް ކަޕާ ގުޅޭ ފޮޓޯތަކެވެ.

މި ފޮޓޯތައް އަޕްލޯޑު ކުރަން ޖެހޭނީ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ކުރިންނެވެ. އެއަށްފަހު އޭގެ ތެރެއިން ހޮވާލެވޭ ފޮޓޯތަކުގެ މެދުގައި "އަދަދު" ގެ ވެބްސައިޓުގައި ވޯޓަށް ހުޅުވާލާނެ އެވެ. އަދި، ވަނަތަކަށް ހޮވޭނީ އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދާ ފޮޓޯތަކެވެެ.

މި ކުއިޒުގެ މެއިން ޕާޓްނަރަކީ އުރީދޫ އެވެ. ކުއިޒުން އެއްވަނައަށް ދާ ފަރާތަކަށް ޔުނިމެކްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ ޒްނެން ބްރޭންޑުގެ ސައިކަލެއް ލިބޭނެ އެވެ. ދެވަނަ އަށް މެކްސްކޮމް ޓެކްނޮލޮޖީސް އިން ހުށަހަޅާފައިވާ ވާވޭ ނޯވާ 9SE ފޯނެއް ލިބޭއިރު, ތިންވަނަ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ލިޓަސް ކަނެކްޓުން ދީފައިވާ ވަންޕްލަސް ބްރޭންޑުގެ ސްމާޓު ގަޑިއެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް "ބޯޅަ އީދު" ގެ ތެރެއިން ކުރިއަށްގެންދާ ތަފާތު މުބާރާތްތައް އިއުލާންކުރަމުންދާނެ އެވެ. މިއިން ކޮންމެ މުބާރާތަކަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފަ އެވެ.

އަދަދު އިން ވޯލްޑް ކަޕަށް ހާއްސަކޮށް ގެނެސްދޭ "ބޯޅައީދު" ކަވަރޭޖްގެ ތެރެއިން، އަދަދުގެ ވެބްސައިޓްގައި ވޯލްޑް ކަޕަށް ހާއްސަ އެޑިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އެ އެޑިޝަން މެދުވެރިކޮށް، ވޯލްޑް ކަޕްގެ އެންމެ ފަހުގެ ހަބަރާއި މައުލޫމާތުގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ އެވެ. އޭގެ އިތުރުން، ކިޔުންތެރިން ޝައުގުވެރިވާނެ ތަފާތު ސެގްމަންޓްތައް ވެސް "ބޯޅައީދު"ގެ ވެބް އެޑިޝަންގައި ހުންނާނެ އެވެ.

މި ކަވަރޭޖު ކުރިއަށްގެންދަނީ މިއީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ މުބާރާތް ކަމަށްވާއިރު، ރާއްޖޭގައި ވެސް މި މުބާރާތުގެ ފޯރި އޮންނަނީ އެންމެންގެ ބައިވެރިވުމާ އެކުގައި ކަން ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ. އަދި، އަދަދުގެ "ބޯޅައީދު" އަކީ އެންމެންގެ ބައިވެރިވުމާ އެކު ކުރިއަށްދާ ހަރަކާތަކަށް ހެދުމުގެ ވިސްނުމުގަ އެވެ.