Advertisement

އިންޓަޕޯލްގައި ހިދުމަތް ކުރާ ފުރަތަމަ ދިވެހި ފުލުހުކަށް ރިލްވާން ހަމަޖައްސައިފި

24 ނޮވެންބަރު 2022 - 13:15 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިންޓަޕޯލުގައި މަސައްކަތް ކުރާ ފުރަތަމަ ދިވެހި ފުލުހަކަށް ރިލްވާން ޝަރީފް ވަނީ ހަމަޖައްސާފައި--- ފޮޓޯ: ސީޕީ


އިންޓަޕޯލްގައި ހިދުމަތް ކުރާ ފުރަތަމަ ދިވެހި ފުލުހުކަށް ރިލްވާން ހަމަޖައްސައިފި

24 ނޮވެންބަރު 2022 - 13:15 0

އިންޓަޕޯލް ހެޑްކުއާޓަރުގައި ހިދުމަތް ކުރާ ފުރަތަަމަ ދިވެހި ފުލުހަކަށް ޗީފް އިންސްޕެކްޓަރު ރިލްވާން ޝަރީފް ހަމަޖައްސައިފި އެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު ފުރުސަތުގައި ޗީފް އިންސްޕެކްޓަރެއް ފްރާންސްގެ ލިޔޯންގައި ތިން އަހަރުގެ މުއްދަތަކަށް އިންޓަޕޯލަށް ހިދުމަތް ކުރަން ހުންނަން ޖެހޭނެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާން އެކަމަށް ހަމަޖެއްސިކަމުގެ ލިޔުން މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ ޑިސެންބަރު މަހުގެ އެެއް ވަނަ ދުވަހުން ފެށިގެން ރިލްވާން މަސައްކަތް ކުރާނީ އިންޓަޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ފުލުހުންގެ މެނޭޖުމަންޓު ބޯޑާއި ނެޝަނަލް ސެންޓްރަލް ބިއުރޯ އޮފިސަރުން ވަނީ މިއަދު ރިލްވާނަށް މަރުހަބާ ކިޔުމަށް ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ.

މިއީ ބައިނަލްއަގްވާމީ ގޮތުން ކުށްތަކާ ދެކޮޅަށް ކުރާ މަސަައްކަތްތައް އިތުރަށް ވަރުގަދަ ވެ، އެކަމުގައި ދެމިހުންނާނެ ކަން ހާމަވެގެން ދާ ކަމެއް ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.