Advertisement

އެމެރިކާގެ ވޯލްމާޓް ސުޕާމާކެޓެއްގައި ބަޑި ޖަހައި 10 މީހުން މަރާލައިފި

23 ނޮވެންބަރު 2022 - 14:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަލާ ދިނީ އެމެރިކާގެ ވާޖިނިއާ ސްޓޭޓުގައި.


އެމެރިކާގެ ވޯލްމާޓް ސުޕާމާކެޓެއްގައި ބަޑި ޖަހައި 10 މީހުން މަރާލައިފި

23 ނޮވެންބަރު 2022 - 14:49 0

އެމެރިކާގެ ވާޖިނިއާ ސްޓޭޓުގެ ޗެސަޕީކް ސިޓީގައި ހުންނަ ވޯލްމާޓް ސުޕާމާކެޓެއްގައި ބަޑި ޖަހައި 10 މީހުން މަރާލައިފި އެވެ.

ބަޑި ޖެހި ކަމަށް ބެލެވެނީ ސުޕާމާކެޓުގެ މެނޭޖަރެވެ. ހަމަލާ ދިނުމަށް ފަހު އޭނާ އަމިއްލައަށް މަރުވީ އެވެ. ހަމަލާ ދިން ސަބަބު ސާފެއް ނޫނެވެ.

ޗެސަޕީކް ސިޓީ ފުލުހުން ބުނީ 10 މީހުން މަރުވި ކަމަށާއި ގިނަ ބަޔަކަށް އަނިޔާވި ކަމަށެވެ. ހަމަލާ ދިނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ވޯލްމާޓުން ބުނީ އެ ހާދިސާއާ މެދު ހިތާމަ ކުރާ ކަމަށާއި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯތަކުން ފެންނަނީ އެ ފިހާރަ ކައިރީގައި ގިނަ އަދަދެއްގެ ފުލުހުން އުޅޭ މަންޒަރެވެ.

ރިޕޯޓުތައް ބުނާ ގޮތުން މަރުވި މީހުންގެ ތެރޭގައި ވޯލްމާޓްގެ މުވައްޒަފުން ހިމެނެ އެވެ. އެމެރިކާގައި ބަޑި ބޭނުންކޮށްގެން ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން އަންގާރަ ދުވަހު ވެސް ކޮލޮރާޑޯ ސްޓޭޓުގެ ނައިޓްކްލަބެއްގައި ބަޑި ޖަހައި ފަސް މީހުން މަރާލި އެވެ. އެ ހާދިސާގައި 17 މީހުންނަށް އަނިޔާވި އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ވެސް ވޯލްމާޓް ފިހާރައެއްގައި ބަޑި ޖެހި އެވެ. ޓެކްސަސް ސްޓޭޓުގެ އެލް ޕާސޯ ސިޓީގެ ފިހާރައިގައި ދިން ހަމަލާގައި 23 މީހުން މަރުވި އެވެ.