Advertisement

ގުދުސްގައި ދިން ހަމަލާތަކެއްގައި އެކަކު މަރުވެއްޖެ

23 ނޮވެންބަރު 2022 - 14:17 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގޮވުން ގޮވީ ގުދުސްގެ ބަސް ސްޓޮޕްތަކެއްގައި. -- ފޮޓޯ: އީޕީއޭ


ގުދުސްގައި ދިން ހަމަލާތަކެއްގައި އެކަކު މަރުވެއްޖެ

23 ނޮވެންބަރު 2022 - 14:17 0

ގުދުސްގައި ގިނަ ބަޔަކު ޖަމާވާ ބަސް ސްޓޮޕްތަކަކަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި އެކަކު މަރުވެ 14 މީހުންނަށް އަނިޔާވެއްޖެ އެވެ.

ފުރަތަމަ ގޮވުން ގޮވީ ގުދުސް ސިޓީ ސެންޓަރާ ދުރުގައި ހުންނަ ބަސް ސްޓޮޕެއްގައި ބާއްވާފައި އޮތް އެއްޗެއް ގޮވައިގެންނެވެ. އެ ހަމަލާގައި 11 މީހުންނަށް އަނިޔާވި އިރު، ފަރުވާ ދެނިކޮށް އެކަކު ހޮސްޕިޓަލުގައި މަރުވި އެވެ.

ދެ ވަނަ ގޮވުން ހިނގީ ސިޓީގެ އެހެން ހިސާބެއްގައި ހުރި ބަސް ސްޓޮޕެއްގަ އެވެ. އެ ހާދިސާގައި ތިން މީހުންނަށް ކުދި އަނިޔާތައް ލިބުނެވެ.

އިޒްރޭލްގެ ފުލުހުން ތުހުމަތު ކުރަނީ ހަމަލާގެ ފަހަތުގައި ތިބީ ފަލަސްތީނު މީހުން ކަމަށެވެ. މި އަހަރުގެ ތެރޭގައި ގުދުސްގައި ފަލަސްތީން މީހުންނާއި ޔަހޫދީންނާ ދެމެދު ކުރިމަތިލުންތައް ވަރަށް ބޮޑަށް އިތުރުވި އެވެ.

އެގޮތުން, ޔަހޫދީންނަށް އަމާޒުކޮށް ވަޅީގެ ހަމަލާތައް ދީފައިވާ އިރު، އިޒްރޭލުން ދަނި ތަކުރާރުކޮށް ހުޅަނގު އައްސޭރީގައި ފަލަސްތީން މީހުން ދިރިއުޅޭ ހިސާބުތަކަށް ހަމަލާދެމުންނެވެ.

އެހެން ނަމަވެސް، ގުދުސްގައި ބޮމެއް ނުވަތަ ގޮވާ ޒާތުގެ އެއްޗެއް ބޭނުންކޮށްގެން ހަމަލާ ދިނުން ވަރަށް މަދެވެ. އެހެންކަމުން ބުދަ ދުވަހުގެ ހަމަލާއަށް އިޒްރޭލުން ބޮޑު ރައްދެއް ދޭނެ ކަމަށް ބެލެވެ އެވެ.