Advertisement

"ގައުމީ ބަނޑުފިލާ ޗެލެންޖު 2022" އަންނަ މަހު

23 ނޮވެންބަރު 2022 - 09:23 0

މޯލްޑިވްސް ޕްރޯ އިވެންޓްގައި ކުޑަ އައްޔަ ރާޅާ އަޅަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ގައުމީ ބަނޑުފިލާ ޗެލެންޖު 2022" އަންނަ މަހު

23 ނޮވެންބަރު 2022 - 09:23 0

ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ "ގައުމީ ބަނޑުފިލާ ޗެލެންޖު 2022" އަންނަ މަހުގެ 17-23 އަށް ބޭއްވުމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ނިންމައިފި އެވެ.

މި އަހަރުގެ ކަލަންޑަރުގައި ބޮޑީބޯޑިން ލީގެއްގެ ގޮތުގައި ޖުމްލަ ހަ އިވެންޓެއް ވަނީ ހިމަނައިފަ އެވެ. އެއީ މާޗް 20-30 އަށް އޮތް ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް، މެއި 26 އިން ޖޫން 4 އަށް އޮތް ލަބޭރާ ބޮޑީބޯޑިން ޗެލެންޖް، ޖުލައި 14-23 އަށް ބާއްވާ ގައުމީ ބަނޑުފިލާ ޗެލެންޖް، ސެޕްޓެމްބަރު 10 ގައި އޮންނަ ސުލްޓާން އޮފް ތަނބުރުދޫ، އޮކްޓޫބަރު 6-15 އަށް ބާއްވާ އަދަހުކުރު ގޮންޖެހުން އަދި އޮކްޓޫބަރު 6-15 އަށް ބާއްވާ މުލަ ބޮޑީބޯޑިން ޗެލެންޖް އެވެ.

ނެޝަނަލް ބަނޑުފިލާ ޗެލެންޖްގެ ޕޯސްޓަރު،


ނަމަވެސް އެކި ސަބަބުތަކާ ހެދި ބޭއްވިފައިވަނީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި މޯލްޑިވްސް ޕްރޯ ޓްރަޔަލްސް އެވެ. އޭގެ ފަހުން ބާއްވާފައިވަނީ ވޯލްޑް ބޯޑީބޯޑީން ޓުއާގައި ހިމެނޭ ޓުއާ މުބާރާތެއް ކަމަށްވާ މޯލްޑިވްސް ޕްރޯ އެވެ. އެކަމަކު، މޯލްޑިވްސް ޕްރޯގެ ޕޮއިންޓް ލޯކަލް ލީގުގެ ބައިގައި ނުގުނާނެ އެވެ. ލޯކަލް ލީގުގައި ގުނާނީ ބުރުނު ޝިކާރާއި ޓްރަޔަލްސްގެ އިތުރުން ބަނޑުފިލާ ޗެެލެންޖްގެ ޕޮއިންޓްތަކަށެވެ. ލޯކަލް ތިން މުބާރާތް އެއްކޮށްލައިގެން ލީގު ޗެމްޕިއަން އާއި ގައުމީ ސްކޮޑު ވެސް ހޮވާނެ އެވެ.

އަންނަ އަހަރަށް ބޮޑީބޯޑިން އެސޯސިއޭޝަނުން ގިނަ ކަންތައްތަކެއް ރާވައި ކުރިއަށް ގެންދިއުމަށް އުންމީދުތަކެއް ކުރެ އެވެ. މީގެ އިތުރުން ވެސް ބޮޑީބޯޑިން ރާއްޖެ އަށް ފުޅާކުރަން ޑިވެލޮޕްމަންޓްގެ މަސައްކަތްތަކަކަށް ވެސް ބޮޑީބޯޑިން އެސޯސިއޭޝަނުން ފޯކަސް ކުރެ އެވެ.

ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖު 2022 ގައި މިއަހަރު ފަސް އިވެންޓެއް ކުރިއަށް ގެންދާނެ އެވެ. އެއީ ފިރިހެން އޯޕަން، އަންހެން އޯޕަން، ޖޫނިއާ ފިރިހެން އޯޕަން، ޑްރޮޕް ނީ އަދި މާސްޓާސް ޑިވިޝަނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.