Advertisement

އިންޑޮނީޝިއާ ބިންހެލުން: މަރުތަކުގެ އަދަދު 268 އަށް، ގިނަ ދަރިވަރުތަކެއް ހިމެނޭ

23 ނޮވެންބަރު 2022 - 07:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކިއާންޖޫރުގައި ބިމާ ހަމަވި ސްކޫލެއް. -- ފޮޓޯ: ރޮއިޓާޒް


އިންޑޮނީޝިއާ ބިންހެލުން: މަރުތަކުގެ އަދަދު 268 އަށް، ގިނަ ދަރިވަރުތަކެއް ހިމެނޭ

23 ނޮވެންބަރު 2022 - 07:30 0

އިންޑޮނީޝިއާގެ ޖާވާ ރަށަށް އައި ބިންހެލުމުގައި މަރުވި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިން ކަމަށް އިދާރާތަކުން ބުނެފި އެވެ.

މަރުވި މީހުންގެ ޖުމްލަ އަދަދި ވަނީ 268 އަށް މަތިވެފަ އެވެ. އަނިޔާވި މީހުންގެ އަދަދު އުޅެނީ 1000 އަށް ވުރެ މަތީގަ އެވެ.

ނޭޝަނަލް ޑިޒާޒްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) އިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން 151 މީހުން ހޯދުމުގެ މަސަައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ބާވީސް ހާހަށް ވުރެ ގިނަ ގެޔަަށް ގެއްލުންވެ، 58،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުވެފައިވާ ކަމަށް ވެސް ތަފާސްހިސާބުން ދައްކަ އެވެ.

ހުޅަނގު ޖާވާގެ ކިއަންޖޫރް އަވަށަށް ބިންހެލުން އައީ 5.6 މެގްނިޓިއުޑްގައި ބިމުގެ 10 ކިލޯމީޓަރު އަޑިން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ތަފާސްހިސާބުން ދައްކަ އެވެ.

ބިންހެލުން ހިނގި ސަރަހައްދަށް ރައީސް ޖޯކޯ ވިޑޯޑޯ އަންގާރަ ދުވަހު ވަޑައިގެންނެވި އެވެ. އެމަނިކުފާނު އެންގެވީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ އޮޕަަރޭޝަން ހަލުވިކުރުމަށެވެ.

އިންޑޮނީޝިއާއަކީ ވަރަށް ގިނައިން ބިންހެލުން ކުރިމަތިވާ ގައުމެކެވެ. އެ ގައުމު އޮންނަނީ ބިންހެލުންތައް އާއްމުކޮށް އަންނަ ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ގަ އެވެ.