Advertisement

"ބޯޅައީދު" ކުއިޒުގެ އެއްވަނައަށް ސުޒުކީ ޖީއެން ސައިކަލެއް

22 ނޮވެންބަރު 2022 - 12:11 1


"ބޯޅައީދު" ކުއިޒުގެ އެއްވަނައަށް ސުޒުކީ ޖީއެން ސައިކަލެއް

22 ނޮވެންބަރު 2022 - 12:11 1

ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕާ ދިމާކޮށް "އަދަދު" ނޫހުން ކުރިއަށްގެންދާ "ބޯޅައީދު" ކަވަރޭޖުގެ ތެރެއިން އަގުހުރި އިނާމުތަކާ އެކު ހާއްސަ ކުއިޒަކާއި ސްކޯ ދިމާކުރުމުގެ ލީގެއް ފަށައިފި އެވެ.

އެގޮތުން، "ބޯޅަ އީދު ކުއިޒް" ގެ ނަމުގައި "އަދަދު" ގެ ވެބްސައިޓުގައި ކުރިއަށްގެންދާ މި ކުއިޒުގައި ރެޖިސްޓްރީވުމަށް ވެބްސައިޓުގައި އައިޑީ ކާޑު ނަންބަރާއި، ނަން އަދި ފޯނު ނަންބަރު ޖަހަން ޖެހެ އެވެ. އެއަށްފަހު ފޯނަށް އަންނަ އޯޓީޕީ ޖެހުމަށް ފަހު ކުއިޒުގެ ސުވާލުތަކަށް ޖަވާބު ދޭން ފެށޭނެ އެވެ. އޯޓީޕީ ޖަހަން ޖެހޭނީ އެއްފަހަރު އެވެ.

މި ކުއިޒުގައި ވަނަތަކަށް ދާނީ އެންމެ އަވަހަށް 25 ސުވާލަށް ޖަވާބު ދޭ ފަރާތްތަކެވެ. ސުވާލުތައް ރެންޑަމްކޮށް އަންނައިރު ކުއިޒު ހުޅުވާލުމާ އެކު ވަގުތު ހިނގަން ފަށާނެ އެވެ. އަދި، ޖަވާބު ދެމުންދާއިރު ވަގުތު ހިނގާ މިންވަރު ފެންނަން ހުންނާނެ އެވެ.

މި ކުއިޒުގެ މެއިން ޕާޓްނަރަކީ ވެލިގާ ހާޑްވެއާ އެވެ. ކުއިޒުން އެއްވަނައަށް ދާ ފަރާތަކަށް ޔުނިމެކްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސުޒުކީ ޖީއެން125 ސައިކަލެއް ލިބޭނެ އެވެ. ދެވަނަ އަށް އީވޯ ހޯމްއިން ދޭ ބޯސްޗު ފްރިޖެއް ލިބޭއިރު, ތިންވަނަ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސް އިން ދީފައިވާ ސްޓޭންޑް އަޕް ޕެޑްލިން ބޯޑެކެވެ.

މެޗު ސްކޯ ދިމާކުރުމުގެ ލީގު "އަދަދު" އިން ކުރިއަށްގެންދަނީ ރާއްޖޭގައި މިކަމަށް ހާއްސަކޮށް އުފައްދާފައިވާ "ގޯލްއާރް" އެޕުގަ އެވެ. އެ އެޕު ޑައުންލޯޑް ކުރެއްވުމަށް ފަހު "އަދަދު ބޯޅައީދު 2022" ލީގަށް ވަނުމުން މީގައި ބައިވެރިވެވޭނެ އެވެ.

މި އެޕް، އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.

ސްކޯ ދިމާކޮށްގެން އިނާމު ލިބޭ ގޮތަށް ހިންގާ "އަދަދު ބޯޅައީދު 2022" ޕާޓްނަރުންނަކީ ލިޓަސް އާއި އެލްބިއަން ސްޓޯރެވެ.

އެންމެ ގިނަ މެޗުތަކުގެ ސްކޯ ދިމާކުރާ ފަރާތަކަށް ރެޑްވޭވްއިން ހުށަހަޅާފައިވާ 65 އިންޗުގެ ޓީވީއެއް ލިބޭނެ އެވެ. ދެވަނައަށް ލިޓަސް ކަނެކްޓުން ހުށަހަޅާފައިވާ ވަން ޕްލަސް 8 ފޯނެއް ލިބޭއިރު ތިންވަނަ އިނާމަކީ ވަން ޕްލަސް ވަޔަލެސް ބަޑްސް އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް "ބޯޅަ އީދު" ގެ ތެރެއިން ކުރިއަށްގެންދާ ތަފާތު މުބާރާތްތައް އިއުލާންކުރަމުންދާނެ އެވެ. މިއިން ކޮންމެ މުބާރާތަކަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފަ އެވެ.

އަދަދު އިން ވޯލްޑް ކަޕަށް ހާއްސަކޮށް ގެނެސްދޭ "ބޯޅައީދު" ކަވަރޭޖްގެ ތެރެއިން، އަދަދުގެ ވެބްސައިޓްގައި ވޯލްޑް ކަޕަށް ހާއްސަ އެޑިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އެ އެޑިޝަން މެދުވެރިކޮށް، ވޯލްޑް ކަޕްގެ އެންމެ ފަހުގެ ހަބަރާއި މައުލޫމާތުގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ އެވެ. އޭގެ އިތުރުން، ކިޔުންތެރިން ޝައުގުވެރިވާނެ ތަފާތު ސެގްމަންޓްތައް ވެސް "ބޯޅައީދު"ގެ ވެބް އެޑިޝަންގައި ހުންނާނެ އެވެ.

މި ކަވަރޭޖު ކުރިއަށްގެންދަނީ މިއީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ މުބާރާތް ކަމަށްވާއިރު، ރާއްޖޭގައި ވެސް މި މުބާރާތުގެ ފޯރި އޮންނަނީ އެންމެންގެ ބައިވެރިވުމާ އެކުގައި ކަން ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ. އަދި، އަދަދުގެ "ބޯޅައީދު" އަކީ އެންމެންގެ ބައިވެރިވުމާ އެކު ކުރިއަށްދާ ހަރަކާތަކަށް ހެދުމުގެ ވިސްނުމުގަ އެވެ.