Advertisement

ކޮކާކޯލާގެ ޕްރޮމޯޝަން: ވޯލްޑު ކަޕް މެޗު ބަލަން ފޮނުވާ ނަސީބުވެރިން ހޮވައިފި

22 ނޮވެންބަރު 2022 - 20:40 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވޯލްޑުކަޕަށް ހާއްސަކޮށް ކޮކާކޯލާއިން ކުރިއަށް ގެންދިޔަ ޕުރޮމޯޝަނުގެ ބައެއް ނަސީބުވެރިން -- ފޮޓޯ: ކޮކާކޯލާ


ކޮކާކޯލާގެ ޕްރޮމޯޝަން: ވޯލްޑު ކަޕް މެޗު ބަލަން ފޮނުވާ ނަސީބުވެރިން ހޮވައިފި

22 ނޮވެންބަރު 2022 - 20:40 0

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑުކަޕަށް ހާއްސަކޮށް ކޮކާކޯލާ ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލު ކޮށްފި އެވެ.

ކޮކާކޯލާގެ ބުއިންތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށް މިދިޔަ ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް "އަންކެޕް، ބިލީވް، ފުލައި،" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގަ އެވެ.

ކޮކާކޯލާއިން ކުރިއަށް ގެންދިޔަ ޕުރޮމޯޝަނުގައި ޕީއެސް5 ކޮންސޯލް ލިބުނު ނަސީބުވެރިއެއް އިނާމާ ހަވާލު ވަނީ -- ފޮޓޯ: ކޮކާކޮލާ


މި ޕްރޮމޯޝަނުގެ ނަސީބުވެރިންގެ ތެރެއިން އަށް ފަރާތަކަށް ކޮކާކޯލާއިން ވަނީ ވޯލްޑުކަޕުގެ މެޗެއް ބަލާލަން ދިއުމުގެ ހުރިހާ ހަރަދަކާ އެކު ދެކޮޅު ޓިކެޓު ހަވާލުކޮށްފަ އެވެ.

އިތުރު އަށް ނަސީބުވެރިއަކަށް ވޯލްޑުކަޕުގެ ރަސްމީ ބޯޅަ، "އަލް ރިހްލާ ޕުރޯ" ދީފައިވެ އެވެ. އެހެން ނަސީބުވެރިންނަށް ޕީއެސް5 ގޭމިން ކޮންސޯލްއާއި ފީފާ22 ގޭމު ހިމެނޭ ބަންޑުލްގެ އިތުރުން ދީފައި ވަނީ ކޮކާކޯލާ ކޭހެވެ.

ފީފާގެ އެންމެ ގިނަ ދުވަސްވީ ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ ކޮކާކޯލާއިން ވަނީ މި ފަހަރުގެ ވޯލްޑުކަޕާ ދިމާކޮށް ވެސް ތަފާތު ހަރަކާތްތަކެއް ރާވާފަ އެވެ. އެގޮތުން ކޮކާކޯލާ ފޭން ޒޯނުގެ ނަމުގައި ހާއްސަ ވެބްސައިޓެއް ވަނީ ތައާރަފުކޮށްފަ އެވެ.

މި ވެބްސައިޓު މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް މެޗުތަކުގެ ނަތީޖާ ދިމާކޮށްގެންނާއި ތަފާތު ވައުދުތައް ވެގެން އެ މީހުން ސަޕޯޓު ކުރާ ޓީމުތަކަށް އޮތް ލޯބި ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ކޮކޯކޯލާއިން ކުރިއަށް ގެންދިޔަ ޕުރޮމޯޝަނުގައި އިނާމު ލިބުނު ބައެއް ނަސީބުވެރިން -- ފޮޓޯ: ކޮކާކޯލާ


ރާއްޖެ މަޝްހޫރުވެފައި ވަނީ ފުޓްބޯޅައަށް އޮތް ޝައުގެއްގެ ބޮޑުކަމުން ކަމަށް ވާއިރު، ފީފާ ވޯލްޑް ކަޕް ގަތަރު 2022، ސީޒަންގެ ކޮންމެ ހަރުފަތެއްގައި ވެސް ކޮކާކޯލާއިން ރާއްޖޭގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކޯކާކޯލާއިން ދެމުން ގެންދާނެ އެވެ.

އެ ކުންފުނިން ވޯލްޑުކަޕާ ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ކޮކާކޯލާގެ ފޭސްބުކް އަދި އިންސްޓަގުރާމުން ހިއްސާ ކުރަމުން ގެންދާނެ އެވެ.