Advertisement

ނިރުފެހިގެއިން ފެނުނީ ކާކުގެ ފައިތިލައެއްކަން ފުލުހުންނަށް އަދިވެސް ނޭނގޭ

21 ނޮވެންބަރު 2022 - 10:43 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނިރުފެހިގެ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ނެރެނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނިރުފެހިގެއިން ފެނުނީ ކާކުގެ ފައިތިލައެއްކަން ފުލުހުންނަށް އަދިވެސް ނޭނގޭ

21 ނޮވެންބަރު 2022 - 10:43 0

މި މަހުގެ 10 ވަނަ ދުވަހު މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ސަރަހައްދު ސާފުކުރަނިކޮށް ފެނުނީ ކާކުގެ ފައިތިލައެއްކަން އަދިވެސް ނޭނގޭ ކަމަށާއި އެކަން ކަށަވަރު ކުރަން ޑީއެންއޭ ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފެނުނު ފައިތިލައާ ބެހޭ ގޮތުން "އަދަދު" އިން ސުވާލުކުުރުމުން ފުލުހުންގެ ތަރުޖަމާނު ބުނީ އެ ފައިތިލަ ނިސްބަތްވާ މީހާ ދެނެގަތުމަށް މަރުވި 10 މީހުންނާ އެ ފައިތިލައިގެ ޑީއެންއޭ ސާމްޕަލް ނަގައިގެން ތަހުލީލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނީ އެއީ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަކަންް ބުނަން ނޭނގޭ ކަމަށެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ ތިރީގައި ހުއްދަ ނުހޯދާ ހިންގަމުންދިޔަ ގަރާޖާއި މަތީ ދެބުރީގައި ހުރި ބިދެސީ އެކަމޮޑޭޝަން ބްލޮކް ވަނީ އަނދައިގެން ގޮސްފަ އެވެ.

އެ ހާދިސާގައި ޖުމްލަ 10 މީހަކު މަރުވިއިރު އޭގެތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ އަށް މީހުންނާ ބަންގްލަދޭޝްގެ ދެ މީހެކެވެ. މި އެންމެންގެ ހަށިގަނޑުވެސް މިހާރު ވަނީ ގައުމަށް ފޮނުވާލާފަ އެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މައްސަލައާއި ގުޅޭ އިތުރު ތަފުސީލު ދެމުން ދާނެ ކަމަށް ބުނެ އެވެ.