Advertisement

އަލިފާން ރޯވި ނިރުފެހިގެ ސާފުކޮށް ބަންދުކުރި މަގު ހުޅުވާލައިފި

21 ނޮވެންބަރު 2022 - 10:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނިރުފެހިގެ ސަރަހައްދު ސާފުކޮށް މަގު ހުޅުވާލާފައި -- ފޮޓޯ: ފުލުހުން


އަލިފާން ރޯވި ނިރުފެހިގެ ސާފުކޮށް ބަންދުކުރި މަގު ހުޅުވާލައިފި

21 ނޮވެންބަރު 2022 - 10:45 0

މި މަހު 10 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ސާފުކުރުމަށްފަހު އެ ސަރަހައްދާއި ބަންދުކުރި އިސްކަންދަރު މަގު މިއަދު ހުޅުވައިފި އެވެ.

އެ ހާދިސާގައި އެ ގޭގެ ތިރީގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ގަރާޖަކާއި މަތީ ދެ ބުރީގައި ބިދޭސީންނަށް ދޫކޮށްފައިހުރި ކޮޓަރިތަކެއްވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީން މަރުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް އިންޑިއާ ރައްޔިތުންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެމީހުންގެ ހަށިގަނޑުތައް އާއިލާގެ އެދުމުގެ މަތިން މިހާރު ވަނީ އެ ގައުމުތަކަށް ފޮނުވާލާފަ އެވެ.

އަލިފާންގަނޑު ނިންވާލުމަށްފަހު މަރުވި މީހުންގެ ހަށިގަނޑުތަށް ނެރެ ތަހުގީގަށް ބޭނުންވާ ހޯދުންތައް ހޯދުމަށްފަހު އެ ގޭގެ ފާރުތަށް ތަޅާލައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރީ މާލޭ ސިޓީ ކައުންސިލުންނެވެ. މި މަސައްކަތުގެ ތެރެއިން އިންސާނެއްގެ ފައިތިލައެއް ވެސް ވަނީ ފެނިފަ އެވެ.