Advertisement

އަލިފާނުގައި މަރުވި އެންމެންގެ ހަށިގަނޑު ފޮނުވާލައިފި

19 ނޮވެންބަރު 2022 - 19:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ނެރެނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އަލިފާނުގައި މަރުވި އެންމެންގެ ހަށިގަނޑު ފޮނުވާލައިފި

19 ނޮވެންބަރު 2022 - 19:57 0

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ހަށިގަނޑު އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެކަން ކަށަވަރު ކޮށްދީފައިވާއިރު، އިއްޔެ ވަނީ އެ ހާދިސާގައި މަރުވި އިންޑިއާ އެންމެންގެ ހަށިގަނޑުތައް އެ ގައުމަށް ފޮނުވާލާފަ އެވެ. އެންމެ ފަހުން ފޮނުވާލީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ ހަށިގަނޑުތަކެވެ. ހާދިސާގައި މަރުވީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

އޭގެ އިތުރުން މި ހާދިސާގައި އަނިޔާވި މީހަކަށް އަދިވެސް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.

ހާދިސާއަށްފަހު ފުލުހުން ބުނީ މަރުވި މީހުންގެ އާއިލާތަކުން އެމީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާދިނުމަށް އެދޭ ހާލަތެއްގައި އެކަން ކޮށްދޭނެ ކަމަށެވެ.

އެ ހާދިސާއަށްފަހު އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މި މަހުގެ 15 ވަނަ ދުވަހު ވަނީ އިންސާނެއްގެ ފައިތިލައެއް ފެނިފަ އެވެ. އެދުވަހު ފުލުހުން ބުނެފައިވަނީ އެއީ މަރުވި 10 މީހުންގެ ފައިތިލަ ކަން ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް އިތުރު މީހަކު މަރުވެފައިވާ ކަމަށް ނުބެލެވޭ ކަމަށް ފަހުން ފުލުހުންގެ އިސް އޮފިޝަލަކު ވަނީ "އަދަދު" އަށް މައުލޫމާތު ދީފަ އެވެ.

މިއީ މިހާތަނަށް މާލޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ އެވެ. ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އަލިފާން ރޯވި ސީދާ ސަބަބު އަދި ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް އަލިފާން ފެށުނީ އެ ގޭގެ ތިރީގައި ހުރި ގަރާޖުގައި ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.