Advertisement

ފޯރިގަދަ ހަރަކާތްތަކާ އެކު "އަދަދު ބޯޅަ އީދު" ލޯންޗުކުރުން މިއަދު އާޓިފިޝަލް ބީޗުގައި

19 ނޮވެންބަރު 2022 - 11:59 0


ފޯރިގަދަ ހަރަކާތްތަކާ އެކު "އަދަދު ބޯޅަ އީދު" ލޯންޗުކުރުން މިއަދު އާޓިފިޝަލް ބީޗުގައި

19 ނޮވެންބަރު 2022 - 11:59 0

އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް "އަދަދު" ނޫހުން ނެރޭ "ބޯޅަ އީދު" ގައިޑު ނެރުމުގެ ހާއްސަ ހަފްލާ މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި އޮންނާނެ އެވެ.

މިއީ ވޯލްޑް ކަޕާ ގުޅޭ އެންމެ ފަހުގެ އެންމެ މުހިންމު މައުލޫމާތުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ގައިޑެކެވެ. އެ ގޮތުން، ވޯލްޑް ކަޕަށް ޓީމުތައް ކޮލިފައިވި ގޮތާއި، ގްރޫޕުތައް ބެހިފައިވާ ގޮތްތަކާއި، ސްޓޭޑިއަމްތަކާއި، ވޯލްޑް ކަޕްގެ ބިޑު ގަތަރުން ކާމިޔާބު ކުރި ގޮތާއި، މުބާރާތުގައި ފެނިގެންދާ ތަރިންނާއި އަދިވެސް ވޯލްޑް ކަޕާ ގުޅޭ އެންމެ ފަހުގެ މުހިންމު މައުލޫމާތުތައް ވަނީ ހިމަނައިފަ އެވެ.

މި ގައިޑުގެ ކޮންޓެންޓު ތައްޔާރުކޮށްފައި ވަނީ އަދަދުގެ ސްޕޯޓްސް ޓީމުންނެވެ. އަދި، ގައިޑުގައި ހިމަނާފައިވާ ހުރިހާ ގްރެފިކްސްއަކާއި އިލަސްޓްރޭޝަނެއް ތައްޔާރުކޮށްފައި ވަނީ އަދަދުގެ ކްރިއޭޓިވް ޓީމުންނެވެ.

"އަދަދުން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ކޮންމެ އީދަކާ ދިމާކޮށް ދިވެހިންގެ މެދުގައި ފޯރި އިތުރުކޮށް އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދިނުމަށް. މިފަހަރުގެ އަދަދުން ގެނެސްދޭ ބޯޅަ އީދު ފުރިހަމަވެފައި ތަފާތުވާނެ،" ގައިޑު ލޯންޗުކުރުމާ ގުޅޭގޮތުން "އަދަދު" ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވި އެވެ.

މިއަދު ހަވީރު 16:30 ގައި އާޓިފިޝިލް ބީޗުގައި މި ގައިޑު ލޯންޗުކުރުން އޮންނާނީ ބޮޑުބެރުގެ އިތުރުން އެތަނަށް ދާ މީހުންނަށް ބައިވެރިވެވޭނެ ފަދަ ހަރަކާތްތަކާ އެކު އެވެ. ކުޑަކުދިންގެ ފޭސް ޕެއިންޓިން އާއި ޕެނަލްޓީ ޖެހުން ވެސް އޮންނާނެ އެވެ.

މި އިވެންޓުގައި ވޯލްޑް ކަޕް ޓީމުތަކުގެ ޖާޒީ ގަންނަން ލިބޭނެ އެވެ.