Advertisement

ނަށަން ދަސްކޮށްދޭން ދެކޮޅު ހެދުމުން އުކުޅަހު ޓީޗަރުންތަކެއް ސަސްޕެންޑުކޮށްފި

17 ނޮވެންބަރު 2022 - 12:29 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އުކުޅަހުގެ މަގެއް މަތި؛ އުކުޅަހު ސުކޫލުގެ ތިން މުދައްރިސުން ވަނީ ސަސްޕެންޑުކޮށްފައި---


ނަށަން ދަސްކޮށްދޭން ދެކޮޅު ހެދުމުން އުކުޅަހު ޓީޗަރުންތަކެއް ސަސްޕެންޑުކޮށްފި

17 ނޮވެންބަރު 2022 - 12:29 1

ކިޔަވައިދިނުމުގެ ކަރިކިއުލަމް އާ ހިލާފުވި ކަމަށް ބުނެ، އއ. އުކުޅަހުގެ ތިން ޓީޗަރަކު ސަސްޕެންޑުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި އެ ޓީޗަރުންނަށް ފޮނުއްވި ނޯޓިސްގައި ވަނީ ގައުމީ މަންހަޖުގައި ބަޔާންކުރާ ލަނޑުދަނޑިތައް ދަރިވަރުންނަށް ހާސިލް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އިންކާރު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިދާރީ ތަހުގީގު ހިންގައި ފިޔަވަޅު އަޅަން ދެން ސްކޫލަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

މިކަމާ ގުޅިގެން އަހުމަދު އަލީ "އަދަދު" އަށް ވިދާޅުވީ އެ މުދައްރިސުން ސަސްޕެންޑުކުރީ މަންހަޖު ތަންފީޒުކުރަން ދެކޮޅު ހެދުމުން ކަމަށެވެ.

"ކަރިކިއުލަމްއާ އެއްގޮތަށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ނުގެންދެވޭނަމަ ޓީޗަރުންގެ މަސްއޫލިއްޔަތު އަދާ ނުކުރެވެނީ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދާރީ ފިޔަވަޅު އެޅުމުގެ ކުރިން އުސޫލުގައިވާ ގޮތުގެ މަތީން އެ މުދައްރިސުންނަށް ނަސޭހަތްދީފައިވެ އެވެ. އަދި މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވަނީ އެ ކަންކަން ރަނގަޅު ނުކުރުމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ޓީޗަރުންނަށް ފިޔަވަޅު އަޅާފައިވަނީ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ބާއްވާ ކޮންސެޓެއްގައި ދަރިވަރުންނަށް ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދުމުންނެވެ.