Advertisement

މެދުޒިޔާރަތުގައި ނެގި ދިދަތައް ތިރިކުރީ ފާޑުކިއުންތަކާ ހެދި ކަމަކަށް ނުވި!

16 ނޮވެންބަރު 2022 - 10:01 0

ނޮވެމްބަރު 11 ގައި މެދު ޒިޔާރަތުގައި ދިދަ ނަގާފައި، އެ ދުވަހު ދިދަތައް ބޭލީ ހެރިޓޭޖް މިނިސްޓަރު ވިދާޅުވީ އެ އީ ނިންމާފައި އޮތް ގޮތް ކަމަށް. ފައިލް ފޮޓޯ/އަދަދު


މެދުޒިޔާރަތުގައި ނެގި ދިދަތައް ތިރިކުރީ ފާޑުކިއުންތަކާ ހެދި ކަމަކަށް ނުވި!

16 ނޮވެންބަރު 2022 - 10:01 0

މާލޭގެ މެދު ޒިޔާރަތުގައި މިމަހުގެ 11 ވަނަ ދުވަހު ދިދަ ނެގުމަށް ފަހު ހަމަ އެ ދުވަހު އެ ދިދަތައް ބޭލީ އާއްމުންގެ ފަރާތުން ކުރިމަތިވި ފާޑުކިއުންތަކާ ގުޅިގެން ނޫން ކަން, ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މެދު ޒިޔާރަތުގައި ދިދަ ނެގީ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ކަމަށާއި އެ ދުވަސް ނިމުމުން ދިދަ ތިރިކުރީ ކަމަށެވެ. މެދު ޒިޔާރަތުގައި ކުރިން ވެސް ދިދަ ނަގަނީ ވަކިިދުވަސްތަކެއް ފާހަގަކޮށް، އެ ދުވަސްތަކުގައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަަޅުގަނޑުމެން އެގޮތުގެ މަތިން ޖުމްހޫރީ ދުވަހާ ގުޅިގެން ދިދަ ނެގީ. ދެން ހަަމަ ދިދަ ބޭލީ، އެ ދުވަސް ނިމުމާ ހަމައަށް އައި ހިސާބުން ދިދަ ތިރިކުރީ،" ޔުމްނާ ވިދާޅުވި އެެވެ.

އޭނާ ވިދާޅުވި ގޮތުގައި މެދު ޒިޔާރަތުގައި ދާއިމީ ގޮތަކަށް ދިދަ ނަގާފައި ބެހެއްޓުމަކީ މާލީ ގޮތުން ފަސޭހަކަމެއް ނޫނެވެ. އަދި އެއީ އާދަކާދައިގެ ގޮތުން ވެސް ފަސޭހަކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އެގޮތަކަށް ނޫން [ދާއިމީ ގޮތަކަށް ދިދަ ނަގާފައި ބަހައްޓާކަށް ނޫން] ނިންމާފައި ވާނީ. އެހެންވެ ދިދަ ތިރިކުރީ އެރޭ އިރު އޮއްސުމާ ހަމައިން،" ޔުމްނާ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލުގައި އެއްސެވީ މެދު ޒިޔާރަތުގައި ދިދަ ނަގަން ނިންމައި، އެގޮތުން ދިދަ ނަގާފައި އެ ދުވަހު ހަވީރު "ސަރުކާރުގެ ސްޓޭންޑް ބަދަލުވެ" ދިދަ ތިރިކުރީ ކޮން ބޭފުޅަކު އަންގަވައިގެންތޯ އެވެ.

ތާރީހުން އެނގެން އޮތް ގޮތުގައި މެދުޒިޔާރަތުގައި މީގެ ކުރިން، އެންމެ ފަހުން ދިދަ ނަގާފައިވަނީ މީގެ 30 ވަރަކަށް އަހަރަކަށް ކުރިން، 1970 ގެ އަހަރުތަކުގަ އެވެ.

ނޮވެމްބަރު 11 ވަނަ ދުވަހު އަލުން ދިދަ ނެގީ އޭރުގެ ފޮޓޯތަކުން ފެންނަން ހުރި ގޮތަށް ތިން ކަން ލާފައި ހުރި ބޮޑު ދިދައަކާއި ކުދި ދިދަ އެކެވެ. ދިދައިގެ ވަށައިގެން ހުންނަނީ ގައުމީ ކުލަތަކުގެ ބޯޑަރެއް ލައިފަ އެވެ. ބޮޑު އެއް ދިދައިގެ އިތުރުން ދެން ޖަހާފައިވަނީ މެދު ސައިޒުގެ 10 ދިދަ އާއި ޒިޔާރަތުގެ ވަށައިގެން ކުޑަ 24 ދިދަ އެވެ.

އެ ދިދަތައް ނެގުމާއެކު ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފަ އެވެ. އެގޮތުން، އެއީ ސަގާފީ ކަމެއް ނޫން ކަމަށާއި އެއީ އެއީ މުންކަރާތެއް ދިރުވުމަށް ކުރަމުންދާ ކަމެއް ކަމަށް ބައެއް އިލްމުވެރިން ބުންޏެވެ. އިސްލާމް ދީނުގައި އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށް ވެސް ބައެއް އިލްމުވެރިން ވިދާޅުވި އެވެ.