Advertisement

ޝީރީންގެ މަރުގެ ތަހުގީގުގައި އިޒްރޭލުން އެމެރިކާއަށް އެއްބާރުލުން ނުދޭނެ

15 ނޮވެންބަރު 2022 - 14:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޝީރީން މަރުވީ އިޒްރޭލް ސިފައިން ބަޑި ޖެހުމުން. -- ފޮޓޯ: ރޮއިޓާޒް


ޝީރީންގެ މަރުގެ ތަހުގީގުގައި އިޒްރޭލުން އެމެރިކާއަށް އެއްބާރުލުން ނުދޭނެ

15 ނޮވެންބަރު 2022 - 14:28 0

ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހްގެ މަރުގެ މައްސަލައަށް ހިންގާ އެއްވެސް "ބޭރުގެ ތަހުގީގަކަށް" އެއްބާރުލުން ނުދޭނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް ވިދާޅުވީ ޝީރީންގެ މަރު ތަހުގީގު ކުރަން އެމެރިކާގެ އިދާރާތަކުން ނިންމުމަކީ "ގޯހެއް" ކަމަށެވެ.

ޝީރީންއަކީ ފަލަސްތީނާއި އެމެރިކާގެ ރައްޔިތެކެވެ. އޭނާ މަރުވީ ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިންގެ އޮޕަަރޭޝަނެއް ރިޕޯޓު ކުރަން އުޅެނިކޮށް މިދިޔަ މޭ މަހު އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނީ އޭނާގެ ބޮލަށް ބަޑި ޖެހީ އިޒްރޭލް ސިފައިން ކަމަށެވެ. އިޒްރޭލުން ވެސް ބުނީ ބަޑި ޖެހީ އިޒްރޭލް ސިފައިންގެ މީހަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ހޯމަ ދުވަހު އެމެރިކާގެ އެކްސިއޯސް ނޫހުން ބުނީ ޝީރީންގެ މަރުގެ ތަހުގީގެއް އެފްބީއައިއިން ހިންގަން ނިންމއި އިޒްރޭލުގެ ޖަސްޓިސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ގާންޓްޒް ވިދާޅުވީ އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) ގެ ތަހުގީގު ހިންގީ "ޕްރޮފެޝަނަލް އަދި މިނިވަންކޮށް" ކަަމަަށެވެ.

އޭގެ އިތުރުން އައިޑީއެފް ސިފައިން ދިފާއު ކުރާނެ ކަމަށާއި އެއްވެސް ބޭރުގެ ތަހުގީގަކަށް އެއްބާރުލުން ނުދޭނެ ކަމަށް އޭނާ ތަަކުރާރުކޮށް ވިދާޅުވި އެވެ.

ފަލަސްތީނުން ބުނާ ގޮތުގައި ޝީރީން މަރާލީ އިޒްރޭލް ސިފައިން ގަސްތުގައި ބަޑި ޖަހައިގެންނެވެ. އެކަމަކު އިޒްރޭލުން މަސައްކަތް ކުރަނީ ޝީރީން މަރުވީ ފަލަސްތީނުގެ "ޓެރަރިސްޓުންގެ" ހަމަލާއަކުން ކަމަށް ދެއްކުމަށެވެ.

ނަމަވެސް އިޒްރޭލުގެ ވާހަކައަށް ބާރު ލިބޭ ހެއްކެއް ނެތް ކަމަށް އދ. ގެ ތަހުގީގުން ވަނީ ނިންމާފަ އެވެ. އދ. ގެ ތަހުގީގުން ދެއްކީ ވަޒަން އައީ އިޒްރޭލް ސިފައިންގެ ބަޑިއަކުން ކަމަށެވެ.

އެހެންވެ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ މިޝޭލް ބެޝެލެޓް ވަނީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށުމަށް އިޒްރޭލަށް ގޮވާލައްވާފަ އެވެ. އިޒްރޭލުން ޖިނާއީ ތަހުގީގެއް ފަށަން ދެކޮޅު ހަދަ އެވެ.