Advertisement

އަލިފާނުގެ ހާދިސާ: އިހުމާލުގެ މައްސަލަ ވެސް ބަލާނެ

14 ނޮވެންބަރު 2022 - 18:39 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މ. ނިރުފެހި ގޭގައި އަލިފާން ރޯވެފައި. އެ ހާދިސާއާ ގުޅޭ އިހުމާލުގެ ތަހުގީގު ވެސް ކުރާނެ ކަމަށް ފުލުހުން މިއަދު ބުނި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


އަލިފާނުގެ ހާދިސާ: އިހުމާލުގެ މައްސަލަ ވެސް ބަލާނެ

14 ނޮވެންބަރު 2022 - 18:39 1

މިދިޔަ ބުދަދުވަހުގެ ރޭ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެެއްގެ އިހުމާލު އޮތްތޯ ތަހުގީގުކުރާނެ ކަމަށާއި އެ ހާދިސާއާ ގުޅޭ އެއްވެސް ކަމެއް ތަހުގީގު ނުކޮށް ދޫނުކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރުކޮށީގައި މިއަދު މެންދުރުފަހު ބޭއްވި މީޑިއާ ބްރީފިންގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެޑް އޮފް ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ އިހުމާލުވި ކަމުގެ ތުހުމަތަށް މީހަކު އަދި ހައްޔަރުކޮށްފައި ނުވަނީ އެވަރަށް އަދި ހެކި ނުލިބޭތީ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ގޮތަށް ހެކި ލިބިއްޖެ ނަމަ މީހުން ހައްޔަރުކޮށްގެން ތަހުގީގުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވައިލަން އޮތީ މި މައްސަލައިގައި އަޅުގަނޑުމެންނަށް ބެލެން ހުރި ހުރިހާ ބެލުންތަކެއް ބަލާނަން ކަމަށް،" ސާމިހު ވިދާޅުވި އެވެ.

ނިރުފެހި ގޭގައި ގަރާޖެއް ހިންގަމުން އައީ ގަވައިދާ ހިލާފަށް ކަން ފުލުހުންގެ ތަހުގީގުން ވަނީ އެނގިފަ އެވެ. އެ ގަރާރުގެ ވެރިފަރާތަށް، ގަރާޖެއް ހިންގުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް އެއީ ހުޅުމާލޭގައި ގަރާޖެއް ހިންގަން ދީފައި އޮތް ހުއްދަ އެކެވެ.

ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވި އެވެ. މިއަދުގެ މީޑިއާ ބްރީފިން ގައި ސާމިހު ވިދާޅުވިގޮތުގައި މަރުވި މީހުންގެ ތެރެއިން އިންޑިއާގެ ތިން ރައްޔިތެއްގެ ހަށިގަނޑު އެމީހުންގެ އާއިލާތަކާ ހަވާލުކުރަން ގައުމަށް ފޮނުވައިފަ އެވެ.

އެހެން މީހުންގެ ހަށިތައް ވެސް އާއިލާތަކާ ހަވާލުކުރުމަށް ޓަކައި ފޮނުވަން މަސައްކަތްކުރަމުން އަންނަ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.