Advertisement

ނަދީމް މަރުގެ މައްސަލަ: ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

14 ނޮވެންބަރު 2022 - 19:31 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނަދީމްގެ މަރު މައްސަލާގައި ދައުވާކޮށްފައިވާ ހަތަރު މީހުން؛ ހަމަލާ ދިނީ އެ މީހުން ކަން ސާބިތެއް ނުވި!


ނަދީމް މަރުގެ މައްސަލަ: ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

14 ނޮވެންބަރު 2022 - 19:31 0

ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތް ވެއްޖެ އެވެ.

ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް (ނަޑޭ) މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ ނަދީމް މަރާލީ ތޫނު އެއްޗަކުން އޭނަގެ ބޮލަށް ދިން ހަމަލާއަކުން ކަމަށާއި އަދި އެ ހަމަލާ ދިނީ މަރާލުމުގެ ގަސްތު އޮވެގެން ކަން ވެސް ސާބިތުވާ ކަމަށެވެ.

ނަމަވެސް މަރާލީ ދައުވާ ކޮށްފައިވާ މީހުން ކަން ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ވަޒަންކޮށްގެނެވެ. ދައުލަތުން ހުށަހެޅި މައި ދެ ހެކިވެރިން ވަނީ އެ މީހުން ދިން ހެކިބަސް އަނބުރާ ގެންދަން އެދި ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ.

ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން، ސިއްރު ހެއްކެއްގެ ހެކިބަސް ދިން އެ ދެ މީހުނަކީ ހާދިސާގެ މަންޒަރު ސާފުކޮށް ދުށް ކަމަށް ހެކިބަސް ދިން ހަމައެކަނި ހެކިވެރިންނެވެ.

ނަދީމްގެ ބޮލަށް އެ ހަމަލާ ދިން ކަމަށް ދައުލަތުން މަފާޒުގެ މައްޗަށް ތުހުމަތު ކުރަނީ ވެސް މޫނު ފޮރުވަން އަޅައިގެން ހުރި ފޮތިގަނޑު ވެއްޓިގެން މޫނު ފެނުނު ކަމަށް އެ ދެ ހެކިވެރިން ބުނެފައިވާ ބުނުމުގެ މައްޗަށެވެ.

އެކަމަކު ދެ ހެކިން ފަހުން ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެހެން ޝަރީއަތުގައި ބުނީ ހީވި ހީވުމެއްގެ މައްޗަށް ކަމަށެވެ. އޭގައި ވަނީ އެ ހެކިންގެ ސޮޔާއި އިނގިލީގެ ނިޝާން ކަން ވެސް ކޯޓުން ވަނީ ފުލުހުން މެދުވެރިކޮށް ޔަގީންކޮށްފަ އެވެ.

އެ ސިޓީތަކާ ގުޅިގެން ނަދީމްގެ ބޮލަށް ހަމަލާ ދިނީ ސީދާ މަފާޒު ކަމާ މެދު އުފެދޭ ޝައްކު ފިލުވައިނުލެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ މަފާޒުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ގާޒީ ނިންމެވި އެވެ.

ކުށުގެ އަމަލުގައި ހިނގި މީހުންނަކީ ކޮބައި ކަމާ މެދު އުފެދިފައިވާ ޝައްކު ދެމިއޮތުމުން އަލީ ނިފާޒާއި ހުސައިން ޝާމީ އަދި މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް އެ މީހުންގެ ބައި ވަކިން ހުކުމް ކުރައްވަމުން ވިދާޅުވި އެވެ.

އެ ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދިނީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.