Advertisement

ކޮންމެ ރަށެއްގައި ވެސް މަސްތުން ސަލާމަތްވުމަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކުރަނީ

14 ނޮވެންބަރު 2022 - 10:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހެލްތު މިނިސްޓަރު ނަސީމް: ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވުމަށް އެދޭ މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް -- ފޮޓޯ: ރައީސް އޮފީސް


ކޮންމެ ރަށެއްގައި ވެސް މަސްތުން ސަލާމަތްވުމަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކުރަނީ

14 ނޮވެންބަރު 2022 - 10:16 0

ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުން މަސްތުވާތަކެތީގެ ފަރުވާ ދެވޭނެ ނިޒާމު ވަރަށް އަވަހަށް ގާއިމުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މަސްތުން ސަލާމަތްވުމަށް އެދޭ އަންހެނުންނަށް ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކުރި ހާފްވޭ ސެންޓަރު ހުޅުވުމަށް އިއްޔެ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ފަރުވާ ދޭނެ ނިޒާމު ގާއިމް ކުރުމުން މަސްތުން ސަލާމަތްވުމަށް ލިބޭ ބޮޑު އެހީއަކަށް އެކަންވާނެ ކަމަށެވެ.

"ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ. މުޅި ރާއްޖޭގައި މިކަމަށް ފަރުވާދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މިދަނީ މަސައްކަތްކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު ހުރިހާ ރަށެއްގައި ކޮންމެވެސް ފެންވަރަކަށް އެކަމަށް ފަރުވާދެވޭނެ ނިޒާމެއް ގާއިމުވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ. ސަރުކާރުން މިހާރު ވަނީ އެކަމަށް ބޭނުންވާ މީހުން ވެސް ތަމްރީންކޮށްފަ އެވެ.

މިނިސްޓަރުގެ ވާހަކައިގައި މަސްތުވާތަކެތިން ދުރުވުމަށް މީހުން ކުރާ ދަތުރަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެ ނިންމުމަކީ ކޮންމެ މީހަކުވެސް އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ. އަދި ގަދަބާރުން އެކަން ކުރުވުމުގެ ވިސްނުން ދޫކޮށް މުޖުތަމައު ވާންވީ އެ ފަރާތްތަކަށް ހެޔޮ ނަސޭހަތްދޭ މާހައުލަކަށް ކަމަށް ވިދާޅުވި އެވެ.