Advertisement

"ބްލެކް ޕެންތާ"ގެ ދެ ވަނަ ބަޔަށް ބޮޑު މަގްބޫލުކަމެއް

14 ނޮވެންބަރު 2022 - 06:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބްލެކް ޕެންތާގެ ދެ ވަނަ ބައިގެ ޕޯސްޓަރެއް.


"ބްލެކް ޕެންތާ"ގެ ދެ ވަނަ ބަޔަށް ބޮޑު މަގްބޫލުކަމެއް

14 ނޮވެންބަރު 2022 - 06:54 0

ޑިޒްނީ އާއި މާވެލްގެ "ބްލެކް ޕެންތާ: ވަކާންޑާ ފޯއެވާ" ފިލްމު ރިލީޒް ކުރި ހަފުތާ ބަންދުގައި ބޮޑު މަގްބޫލު ކަމެއް ލިބި އެމެރިކާގެ ތިއޭޓަރުތަކުން އެކަނި 180 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެއީ ފިލްމެއް ރިލީޒް ކުރި ހަފުތާ ބަންދުގައި 13 ވަނައަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ. އެމެރިކާ ނޫން ގައުމުތަކުން ފިލްމަށް 330 މިލިއަން ޑޮލަރު ލިބުނެވެ.

ފުރަތަމަ "ބްލެކް ޕެންތާ"ގެ ގޮތުގައި ފެނިގެން ދިޔަ ޗެޑްވިކް ބޯޒްމޭން އުމުރުން 43 އަހަރުގައި 2020 ވަނަ އަހަރު މަރުވި އެވެ. އެހެންވެ، ފިލްމުގެ ދެ ވަނަ ބައިގައި އޭނާއަށް ޓްރިބިއުޓް އަދާކުރި އެވެ.

އެގޮތުން ފިލްމުގެ ތެރެއިން ކެރެކްޓަރުންގެ މާޒީ ހަނދާންވާ އިރު، ވަރަށް ގިނައިން ފުރަތަމަ "ބްލެކް ޕެންތާ" ފިލްމުގެ ތަންތަންކޮޅު ދެއްކި އެވެ.

ފިލްމުގެ މައި ތަރިންނަކީ ލެޓީޝިއާ ވްރައިޓް، އެންޖެލާ ބެސެޓް، ލުޕީޓާ ނިޔޯންގޯ، ޑަނާއީ ގުރީރާ އަދި ވިންސްޓަން ޑިޔުކް އެވެ.

"ބްލެކް ޕެންތާ"ގެ ފުރަތަމަ ފިލްމަކީ ކަޅު ނަސްލުގެ ސުޕަހީރޯއެއް ހިމެނޭ ފުރަތަމަ ބޮޑު ފިލްމެވެ. އެ ފިލްމު ރިލީޒް ކުރި ހަފުތާގައި 202 މިލިއަން ޑޮލަރު ލިބުނެވެ. އަދި އޮސްކާ އެވޯޑުގައި އެންމެ މޮޅު ފިލްމު ކެޓެގަރީއިން ނޮމިނޭޓްވި އެވެ.