Advertisement

ނިރުފެހި އަލިފާނުގެ ހާދިސާ؛ 33 މީހުން އަދިވެސް ވަގުތީ ހިޔާގައި

13 ނޮވެންބަރު 2022 - 22:20 0

ނިމާ ހަސަން

ނިމާ ހަސަން

މ. ނިއުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާ؛ އެންޑީއެމްއޭއިން ދަނީ 33 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން -- ފޮޓޯ: އަދަދު


ނިރުފެހި އަލިފާނުގެ ހާދިސާ؛ 33 މީހުން އަދިވެސް ވަގުތީ ހިޔާގައި

13 ނޮވެންބަރު 2022 - 22:20 0

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 33 މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ، ހާދިސާއާ ގުޅިގެން މިހާރު ވަގުތީ ބޯހިޔަވަހިކަން ފޯރުކޮށްދެމުންދާ މީހުންގެ ތެރޭގައި ހިމެނެނީ 15 ބިދޭސީންނާއި 18 ދިވެހިން ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހަތް އަންހެނުންނާއި، އަށް ފިރިހެނުން ހިމެނޭއިރު، އެއީ 14 އިންޑިއާ މީހުންނާއި، ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ދިވެހިންގެ ތެރޭގައި 12 އަންހެނުންނާއި ހަ ފިރިހެނުން ހިމެނޭއިރު، އޭގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނެ އެވެ.

އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އިންސާނީ އެހީގެ ގޮތުގަ އާއި، އިވަކުއޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ބޭނުންވާ ތަކެތި ހޯދުމުގެ އިތުރުން ހައިޖީން ކިޓު އަދި އޮޕަރޭޝަނަލް ހަރަދުގެ ގޮތުގައި ޖުމްލަ 135،471 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދަނީ ފަސް ގެސްޓްހައުސްއެއްގަ އެވެ.

އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ އާއިލާތަކުގެ ތެރޭގައި ސްކޫލަށްދާ ކުޑަކުދިން ހިމެނޭއިރު، އެ ކުދިން އަނބުރާ ސްކޫލަށް ދިއުމަށް ބޭނުންވާ އެހީތެރިކަން އެޑިއުކޭޝަން މިނިސްޓްރީން ދަނީ ފޯރުކޮށްދެމުންނެވެ. ހަމައެއާއެކު، ހާދިސާގައި އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖެންޑާ މިނިސްޓްރީ އާއި، ރެޑް ކްރެސެންޓުން މަސައްކަތްކުރަމުންދާއިރު، ރެޑް ކްރެސެންޓުން ދަނީ، ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު ބިދޭސީންގެ ދިރިއުޅުން އާރާސްތު ކުރުމުގެ މަސައްކަތް އެންޑީއެމްއޭއާ އެކު ކުރަމުންނެވެ.