Advertisement

ވާދަވެރި ރޭހަކަށް ފަހު އެމެރިކާ ސެނެޓުގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް

13 ނޮވެންބަރު 2022 - 13:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: ގެޓީ އިމޭޖާޒް


ވާދަވެރި ރޭހަކަށް ފަހު އެމެރިކާ ސެނެޓުގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް

13 ނޮވެންބަރު 2022 - 13:26 0

އެމެރިކާގެ ދައުރު މެދުތެރެއިން ބޭއްވި އިންތިހާބުގައި ވާދަވެރި ރޭހަކަށް ފަހު ކޮންގްރެސްގައި ހިމެނޭ ސެނެޓުގެ ކޮންޓްރޯލް ވެރިކަމުގައި އޮތް ޑިމޮކްރެޓިކް ޕާޓީއަށް ލިބިއްޖެ އެވެ.

ނަތީޖާއިން ދައްކާ ގޮތުގައި ނެވާޑާ ސްޓޭޓުން ކުރި ލިބުނީ ސެނެޓަރު ކެތެރީން ކޯޓޭޒް މަސްޓޯ އަށެވެ. އެ ސްޓޭޓުން އޭނާއާ ދެކޮޅަށް ނުކުތީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދާ އެކު އެޑަމް ލެކްސޯލްޓް އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ވެރިކަމުގައި އޮތް ޕާޓީއަކުން ދައުރު މެދުތެރޭގެ އިންތިހާބުގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ރައީސް ޖޯ ބައިޑެން ވިދާޅުވީ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިއީ ކުރިން ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅު ނަތީޖާއެއް ކަމަށެވެ.

ސެނެޓުގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލް ކުރާ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާ ވިދާޅުވީ ނަތީޖާއިން އެނގެނީ ރިޕަބްލިކަން ޕާޓީގެ "ނުތަނަވަސްކަން" ރައްޔިތުން ބޭނުން ނުވާކަން ކަމަށެވެ.

އިންތިހާބުގެ ނަތީޖާއާ އެކު ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓުގެ 50 ގޮނޑި އޮތީ ޑިމޮކްރެޓިކް ޕާޓީ އަށެވެ. އިދިކޮޅު ރިޕަބްލިކަނުންނަށް އޮތީ 49 ގޮނޑި އެވެ.

ޖޯޖިއާ ސްޓޭޓުގެ ރަންއޯފް އިންތިހާބު ޑިސެމްބަރުގައި އޮންނާނެ އެވެ. އެ ވޯޓަށް ފަހު ދެ ޕާޓީއަށް އެއްވަރަކަށް ގޮނޑިތައް ލިބިއްޖެ ނަމަ، ނައިބު ރައީސް ކަމަލާ ހެރިސްއަށް ގޮތް ނިންމުމަށް ވޯޓުލެވޭނެ އެވެ.