Advertisement

ޔޫކްރެއިން ހަނގުރާމައިގައި އާއްމުންގެ 40،000 މީހުން މަރުވެއްޖެ

10 ނޮވެންބަރު 2022 - 13:57 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަނގުރާމައިގައި މަރުވި ޔޫކްރެއިން ސިފައިންގެ މީހެއްގެ ޖަނާޒާ. -- ފޮޓޯ: ރޮއިޓާޒް


ޔޫކްރެއިން ހަނގުރާމައިގައި އާއްމުންގެ 40،000 މީހުން މަރުވެއްޖެ

10 ނޮވެންބަރު 2022 - 13:57 0

ޔޫކްރެއިން ހަނގުރާމައިގައި މިހާތަނަށް އާއްމުންގެ 40،000 މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ އެންމެ އިސް އަސްކަރީ ޖެނެރަލް ލަފާކުރައްވައިފި އެވެ.

ޖެނެރަލް މާކް މިލީ ވިދާޅުވީ 200،000 ސިފައިން މަރުވެ ނުވަތަ އަނިޔާވެފައިވާ ކަމަށެވެ. އެއީ ރަޝިއާ އާއި ޔޫކްރެއިން، ކޮންމެ ގައުމަކުން 100،000 ސިފައިންނެވެ.

މިލީ ވިދާޅުވީ ހަނގުރާމައާ ގުޅޭ މަޝްވަރާ ކުރުމަށް ޔޫކްރެއިނުން ތައްޔާރުކަމުގެ ނިޝާންތަކެއް މިހާރު ފެންނަމުންދާ ކަމަށާއި އެހެންކަމުން ހަނގުރާމަ ނިމުމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ކުރިން ވިދާޅުވީ ރަޝިއާގެ ރައީސްކަމުން ލެޑިމިއަ ޕުޓިން ދުރު ނުކުރާ ނަމަ މަޝްވަރާ ނުކުރާނެ ކަމަށެވެ.

މިލީ ވިދާޅުވީ ހަނގުރާމައަކުން އެއްވެސް ގައުމަކަށް ކުރި ލިބެން ނެތްކަން ރަޝިއާ އާއި ޔޫކްރެއިނުން އެއްބަސްވެއްޖެ ނަމަ، މަޝްވަރާއިން ކުރިއެރުން ލިބިދާނެ ކަމަށެވެ.

ދެ ގައުމުން ވެސް 100،000 ސިފައިން މަރުވެ ނުވަތަ އަނިޔާވެފައިވާ ކަމަށް އެމެރިކާގެ އެންމެ އިސް ޖެނެރަލް ވިދާޅުވި އިރު، އެ އަދަދުތައް ހާމަކުރަން ރަޝިއާ އަދި ޔޫކްރެއިނުން ވެސް ބޭނުމެއް ނުވެ އެވެ.

ރަޝިއާއިން އެންމެ ފަހުން ބުނީ ފެބްރުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 5،937 ސިފައިން މަރުވި ކަމަށެވެ. އޯގަަސްޓު މަހު ޔޫކްރެއިނުން ބުނީ 9،000 ސިފައިން މަރުވެފައިވާ ކަމަށެވެ.