Advertisement

މަސްކް އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ބެލުން މުހިއްމު: ބައިޑެން

10 ނޮވެންބަރު 2022 - 13:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: ގެޓީ އިމޭޖާޒް


މަސްކް އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ބެލުން މުހިއްމު: ބައިޑެން

10 ނޮވެންބަރު 2022 - 13:54 0

ބިލިއަނަރު އެލޮން މަސްކް އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ބެލުން މުހިއްމު ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

މަސްކްގެ ސަބަބުން ގައުމަށް ނުރައްކަލެއް އޮތްތޯ އާއި ޓްވިޓާ ގަތުމަށް ސައުދީ އަރަބިއްޔާއިން މަސްކަށް އެހީވެދިނުމަކީ ތަހުގީގު ކުރަން ޖެހޭ ކަމެއްތޯ ސާފުކޮށްދިނުމަށް ނޫސްވެރިން ބައިޑެންގެ ކިބައިން އެދުނެވެ.

ޓްވިޓާ ގަތުމަށް މަސްކް ހޭދަކުރި 44 ބިލިއަން ޑޮލަރުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ އަމީރު އަލް ވަލީދް ބިން ތަލާލް ފޯރުކޮށްދެއްވި 1.89 ބިލިއަން ޑޮލަރު ހިމެނެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ސެނެޓް މެމްބަރެއް ވަނީ އެކަން ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބައިޑެން ވިދާޅުވީ މަސްކް އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ބެލުން މުހިއްމު ކަމަށެވެ.

ޓްވިޓާ ގަތުމުގައި ސައުދީ އަރަބިއްޔާގެ ހިއްސާއެއް އޮތް އިރު، މަސްކް ވަނީ ޔޫކްރެއިން ހަނގުރާމަ އާއި ޓައިވާން މައްސަލައިގައި ވެސް ހިޔާލު ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން ނިމިގެން ދިޔަ އެމެރިކާގެ ދައުރު މެދުތެރޭ އިންތިހާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ވޯޓު ދިނުމަށް ވެސް މަސްކް ގޮވާލި އެވެ.