Advertisement

ގައުމީ ބިލިއާޑް މުބާރާތް: ޑަބަލްސް ޗެމްޕިއަންކަން ޝާޒް އާއި އިޔާދު ހޯދައިފި

10 ނޮވެންބަރު 2022 - 10:35 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

މި ފަހަރުގެ މުބާރާތުގެ މެޗެއްގެ ތެެރެއިން ޝާޒް (ވ) އާއި އިޔާދު.-- ފޮޓޯ: އެމްޕީބީއޭ


ގައުމީ ބިލިއާޑް މުބާރާތް: ޑަބަލްސް ޗެމްޕިއަންކަން ޝާޒް އާއި އިޔާދު ހޯދައިފި

10 ނޮވެންބަރު 2022 - 10:35 0

ދެ ވަނަ ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދު އާއި އަހުމަދު އިޔާދު ސައީދުގެ ޕެއާ ހޯދައިފި އެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ ޑަބަލްސް އިވެންޓުގައި 35 ޕެއާ އެއް ވާދަކުރި އެވެ. އެއީ 34 އަންހެން ޕެއާ އާއި އަންހެން އެއް ޕެއާ އެވެ.

ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ޝާޒު އާއި އިޔާދުގެ ޕެއާ ހޯދީ ފައިނަލުގައި އިސްމާއިލް ރަޒީން އާއި ހަސަން ޝަފްރާޒް އަތުން 9-4 ފްރޭމުން މޮޅުވެގެންނެވެ.

ފައިނަލުގެ ކުރިން މި ދެ ޕެއާ އިން ސެމީ ފައިނަލު ފުރަތަަމަ މެޗުގައިވެސް ވާދަކުރި އެވެ. އެ މެޗުގައި ވެސް މެޗު ރަނގަޅަށް ކުޅެގެން، ޝާޒް އާއި އިޔާދު ކާމިޔާބު ހޯދި އެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުޅޭ މުބާރާތުގެ ފައިނަލުން ރަޒީން އާއި ޝަފްރާޒް ޖާގަ ހޯދީ ފަހު ސެމީ ގައި މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ޕެއާ ގައި ހިމެނުނު ހުސައިން ފަޔާޒު އާއި ޝަޒީން އަބްދުއްސަމަދު އަތުން މޮޅުވެގެންނެވެ. ވާދަވެރި މި މެޗު ރަޒީން އާއި ޝަފްރާޒް ކާމިޔާބުކުރީ 7-6 ފްރޭމުންނެވެ.

ގައުމީ ބިލިއާޑް މުބާރާތުގައި މިހާތަނަށް ސިންގަލްސް އިވެންޓު ނިމިފައިވާއިރު، ފިރިހެން ޗެމްޕިއަންކަން ޝާޒް އާއި ވާދަކޮށް ހޯދީ މުހައްމަދު ސާހިލް ހަމީދު އެވެ. އަންހެން ސިންގަލްސް ފައިނަލްގައި އާމިނަތު ހަލީމް (ދިލް)އާ ވާދަކޮށް ހޯދީ އައިޝަތު އަލީ އެވެ.

މުބާރާތުގައި މިއަދު ކުޅޭނީ މިކްސް ޑަބަލްސް އިވެންޓުގެ މެޗުތަކެވެ. މިކްސް ޑަބަލްސްގައި މި އަހަރު 10 ޕެއާއެއް ވާދަކުރާނެ އެވެ.