Advertisement

އަރަބިއްޔާ ބެލެނިވެރިންގެ ޝަކުވާތައް މިނިސްޓަރު އައްސަވައިފި

7 ނޮވެންބަރު 2022 - 19:59 1


އަރަބިއްޔާ ބެލެނިވެރިންގެ ޝަކުވާތައް މިނިސްޓަރު އައްސަވައިފި

7 ނޮވެންބަރު 2022 - 19:59 1

އަރަބިއްޔާ ސްކޫލާ މެދު އެޑިއުކޭޝަން މިނިސްޓްރީން ތަފާތުކުރާ ކަމަށް ބުނެ އެ ސްކޫލްގެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެ ސްކޫލްގެ ބައެެއް ބެލެނިވެރިންނާ ބައްދަލުކުރައްވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހަވީރު ކުރި ޓްވީޓެއްގައި ބުނީ އަރަބިއްޔާގެ ބެލެނިވެރިންނާ އެކު މިނިސްޓަރު ބޭއްވި ބައްދަލުވުމުގައި އެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އެ ސްކޫލްގެ އާ އިމާރާތާ ގުޅޭ މައުލޫމާތު ބެލެނިވެރިންނަށް މިނިސްޓަރު ދެއްވި ކަމަށް ވެސް ބުންޏެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ރެނދުލައި، ބޭނުން ނުކުރެވޭ ވަރަަށް ހަލާކުވުމުން އެ ސްކޫލް ވަގުތީ ގޮތުން ހިންގަނީ ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަން ހެދި އިމާރާތުގަ އެވެ. އެ ސްކޫލްގެ އާ އިމާރާތް އަޅަން މިހާރު ނިންމާފައި ވަނީ ޖަމާލުއްދީނުގެ ބާ އިމާރާތް ހުރި ބިމުގަ އެވެ.

އަރަބިއްޔާގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ ޖަމާލުއްދީން ސްކޫލްގެ ބާ އިމާރާތް ހުރި ބިމުން ބައެއްގައި ޖަމާލުއްދީން ސްކޫލްގެ އިމާރާތެއް ވެސް އަޅަން ނިންމުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނަމުން އަންނަނީ އެ ބިމުން ޖަމާލުއްދީން ސްކޫލަށް ބައެއް ދިނަސް އަރަބިއްޔާގެ ޖާގަ ކުޑަނުވާނެ ކަމަށެވެ.