Advertisement

ޝާޒް އާއި ސާހިލް ގައުމީ ބިލިއާޑް މުބާރާތުގެ ފައިނަލަށް

6 ނޮވެންބަރު 2022 - 11:43 0

ފައިނަލަށް ދަތުރުކުރި ޝާޒް އާއި ސާހިލް.-- ފޮޓޯ: ޕޫލް ބިލިއާޑް އެސޯސިއޭޝަން


ޝާޒް އާއި ސާހިލް ގައުމީ ބިލިއާޑް މުބާރާތުގެ ފައިނަލަށް

6 ނޮވެންބަރު 2022 - 11:43 0

މިހާރު ކުރިއަށްދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ބައިގެ ފައިނަލުން ހަސަން ޝާޒް މުހައްމަދު އާއި މުހައްމަދު ސާހިލް ހަމީދު ފުރުސަތު ހޯދައިފި އެވެ.

ޝާޒް ފައިނަލް ގެ ޖާގަ ހޯދީ ސެމީގައި މުހައްމަދު އަކްސަމް ވަހީދުއާ ބައްދަލުކޮށް 9-5 ފްރޭމުން މޮޅުވެގެންނެވެ. އަދި ސާހިލް ފައިނަލަށް ދަތުރުކުރީ ލުސަސް ބްރެކްޓްގައި އަކްސަމްއާ ވާދަކޮށް 9-3 މޮޅުވެގެންނެވެ.

ދެ ވަނަ ޑިވިޝަންގެ ފައިނަލްގެ ޖާގަތަށް ކަށަވަރުވެފައިވާއިރު، އެ ބައިގައި ބައްދަލުކުރާނީ އިސްމާއިލް ޝިޔާމް އާއި ހަސަން ރާޖޭޝް މޫސާ އެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ސިޔާމް ފުރުސަތު ހޯދާފައިވަނީ 7-4 އިސްމާއިލް އައްފާން ޔޫސުފް ބަލިކޮށްގެންނެވެ. އަދި ރާޖޭޝް ފައިނަލަށް ދަތުރުކުރީ 7-6 އިން ހާމިދު ފައިސަލްގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ.

މުބާރާތުގެ އަންހެން ޑިވިޝަން ވެސް ފޯރިގަދަކޮށް ކުރިއަށްދާއިރު، އެ ބައިގެ ޖާގަތައް ވެސް މިހާރު އޮތީ ޔަގީންވެފަ އެެވެ. އެ ޑިވިޝަނުގެ ފައިނަލްގައި ބައްދަލުކުރާނީ އައިޝަތު އަލީ އާއި އާމިނަތު ހަލީމް އެވެ. އާއިޝަތު އަލީ ފައިނަލަށް ދިޔައީ އާމިނަތު އަޒްރާއާ ވާދަކޮށް 5-3 އިން މެޗް ކާމިޔާބު ކޮށްގެންނެވެ.. އަދި އާމިނަތު ފައިނަލަށް ދިޔައީ ދީނާ ހަމީދު 3-5 އިން ބަލިކޮށްގެންނެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި މިހާރު ކުރިޔަށްދާ ގައުމީ ބިލިއާޑް މުބާރާތުގައި މިރޭ ކުޅޭނީ ތިން ޑިވިޝަނުގެ ފައިނަލް މެޗެވެ. އެއީ ފިރިހެން ފުރަތަމަ އާއި ދެ ވަނަ ޑިވިޝަންގެ އިތުރުން އަންހެން ޑިވިޝަންގެ ފައިނަލް މެޗެވެ. މެޗުތައް ފަށާނީ 20:30 ގަ އެެވެ.

ގައުމީ ބިލިއާޑް މުބާރާތް މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.