Advertisement

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސާވޭއެއް ކުރަނީ

2 ނޮވެންބަރު 2022 - 15:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މި އަހަރު ކުރިއަށް ގެންދެވުނު ބޯހިމެނުމުގެ ތެރެއިން : އެމްބީއެސް އިން ވަނީ ރާއްޖެއިން ބޭރުގައި އުޅޭ އާބާދީގެ ސާވޭއެއް ފަށާފައި -- މުހައްމަދު ޝާބިން / އަދަދު


ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސާވޭއެއް ކުރަނީ

2 ނޮވެންބަރު 2022 - 15:13 0

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި އާބާދީ ދެނެގަތުމަށް ސާވޭއެއް ކުރުމުގެ މަސައްކަތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފަށައިފި އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ މި ސާވޭ މި މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ސާވޭގައި އެއްކުރާ މައުލޫމާތުގެ ތެރޭގައި މީހުންގެ އުމުރާއި، ޖިންސު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ މައިގަނޑު ބޭނުން، ހާސިލްކޮށްފައިވާ އެންމެމަތީ ތައުލީމީ ފެންވަރު، މަސައްކަތްތެރިކަން، ކައިވެނި، އަދި ދަރިމައިވުމާބެހޭ މައުލޫމާތު ހިމެނެ އެވެ.

މި ސާވޭއާ ގުޅިގެން އެ އިދާރާއިން ބުނެފައިވަނީ ސާވޭގެ މައިގަނޑު މަގުސަދަކީ ދިވެހިން އެހެން ގައުމުތަކަށް ހިޖުރަކުރާ މައިގަނޑު ސަބަބުތައް ދެނެގަތުމާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި އާބާދީގެ ސައްހަ އަދަދު ދެނެގަތުމުގެ އިތުރުން އެ އާބާދީގެ ތަފާސްހިސާބުތައް އެކުލަވާލުން ކަމަށެވެ.

ސާވޭގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ޖެހޭނީ އެމްބީއެސްގެ ވެބްސައިޓުން މި ފޯމު ފުރާށެވެ.

އެމްބީއެސް އިން ބުނެފައިވަނީ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން މި ސާވޭއަށް އެއްކުރެވޭ އާންމު ފަރާތްތަކުގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭނެ ކަމަށެވެ.