Advertisement

މިނިސްޓަރ ވިދާޅުވީ، ބަޖެޓުގައި އަރަބިއްޔާގެ މަސައްކަތް ނެތީ އިދާރީ އޮޅުމަކުން ކަމަށް

2 ނޮވެންބަރު 2022 - 13:27 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

މިނިސްޓަރު އައިޝަތު އަލީ: ބަޖެޓުގައި ނެތް ނަމަވެސް ސްކޫލް އެޅުމުގެ މަސައްކަތް ބަޔަކާ ވަނީ ހަވާލުކޮށްފައި -- ފޮޓޯ: ފައިލް


މިނިސްޓަރ ވިދާޅުވީ، ބަޖެޓުގައި އަރަބިއްޔާގެ މަސައްކަތް ނެތީ އިދާރީ އޮޅުމަކުން ކަމަށް

2 ނޮވެންބަރު 2022 - 13:27 0

ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތަށް ހޭދަވާނެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތީ، އިދާރީ އޮޅުމަކުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިނުވާތީ އެކަމުގެ ކަންބޮޑުވުން އެސްކޫލުގެ ބެލެނިވެރިން ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މިނިސްޓަރ ވިދާޅުވީ، ބަޖެޓުގައި އަރަބިއްޔާގެ އާ އިމާރާތް ހިމެނިފައި ނެތީ އިދާރީ އޮޅުމަކުންކަމަށާއި، ބަޖެޓުގައި ހިމެނުމަށް ޢަރަބިއްޔާގެ ފައިސާގެ ހަރަދުތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާ ފިނޭންސް މިނިސްޓްރީއާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އަރަބިއްޔާ ހިމެނިފައި ނުވި ނަމަވެސް، އެ މަސައްކަތް ކުރުމަށް ވަނީ އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފަ އެވެ.

އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކުރި މިމަސައްކަތް ނިންމުމަށް 420 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެއިމާރާތުގައި 40 ކްލާސްރޫމްގެ އިތުރުމް މަލްޓިޕާޕަސް ހޯލެއް ވެސް ހިމެނެ އެވެ.