Advertisement

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ސުޖާތާ ހަލީމް އައްޔަންކޮށްފި

31 އޮކްޓޯބަރު 2022 - 21:16 0

ޕެންޝަން އޮފީހުގެ އާ ސީއީއޯ ސުޖާތާ ހަލީމް، ފޮޓޯ: ޕެންޝަން އޮފީސް


ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ސުޖާތާ ހަލީމް އައްޔަންކޮށްފި

31 އޮކްޓޯބަރު 2022 - 21:16 0

ޕެންޝަން އޮފީހުން ހުސްވެފައިވާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް، އެ އޮފީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ސުޖާތާ ހަލީމް އައްޔަންކޮށްފި އެވެ.

ޕެންޝަން އޮފީހުން މިއަދު ބުނީ ސުޖާތާ އެމަގާމަށް އައްޔަަން ކުރަން އެ އޮފީހުގެ ބޯޑުން ނިންމީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ހައިސިއްޔަތުން ޕެންޝަން އޮފީސް ހިންގެވުމުގެ ޒިންމާ ސުޖާތާ ވަނީ އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އަދާކުރައްވާފަ އެވެ. އެއީ އެ އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމުގައި ހުންނަވައިގެންނެވެ. އޭނާ 2015 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ހުންނެވީ ސީއޯއޯގެ މަގާމުގަ އެވެ.

"ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 16 އަހަރު ސުޖާތާ ހަލީމް ހިދުމަތް ކުރައްވާފައިވެއެވެ." ސީއީއޯގެ މަގާމަށް ސުޖާތާ އައްޔަން ކުރިކަން އިއުލާނުކުރަން ޕެންޝަން އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ވޯލްޑް ބޭންކުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި އަދި އެ ގާނޫނު ތަންފީޒު ކުރުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު ހުސްވީ އެެ މަގާމުގައި ކުރިން ހުރި ޖޯން ގްރިންޑަލް މަގާމުން ވަކިކުރުމުންނެވެ. އޭނާ މަގާމުން ވަކިކުރީ ސުލޫކީ މައްސަލައެއްގަ އެވެ.