Advertisement

ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނެ ގޮތް ކަނޑައަޅައި ގަވާއިދު އިސްލާހުކޮށްފި

15 އޮކްޓޯބަރު 2023 - 11:21 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މާލޭގެ ވިޔަފާރި ބަނދަރެއްގައި ބިދޭސީ މުވައްޒަފުންތަކެއް މުދާ އަރުވާ ބޭލުމުގެ މަސައްކަތް ކުރަނީ. މީގެ ކުރިން ޕެންޝަން ފަންޑުން އެ މީހުންނަށް ފައިސާ ނެގޭނެ ގޮތްތަކެއް ސާފު ބަހުން ކަނޑައަޅާފައި ނުވޭ --- ފޮޓޯ: އަދަދު ފައިލް


ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނެ ގޮތް ކަނޑައަޅައި ގަވާއިދު އިސްލާހުކޮށްފި

15 އޮކްޓޯބަރު 2023 - 11:21 0

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނެ ގޮތްތައް ކަނޑައަޅައި އެ ގަވާއިދު ޕެންޝަން އޮފީހުން އިސްލާހުކޮށްފި އެވެ.

މިފަދަ ގަވާއިދެއް އެ އޮފީހުން އެންމެ ފުރަތަމަ އެކުލަވާލީ 2018 ގަ އެވެ. މިއީ އެ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހެވެ.

މީގެކުރިން އޮންނަ ގޮތުން ބިދޭސީ މުވައްޒަފަކު ދާއިމަށް ރާއްޖޭން ދާން ނިންމައިފިނަމަ ފުރާ ތާރީހުގެ ތިން މަސް ދުވަސް ކުރިން "ބިދޭސީ މުވައްޒަފުން ޕެންޝަނަށް އެދޭ ފޯމް" އެ އޮފީހަށް ހުށަހަޅަން ޖެހެ އެވެ. ނަމަވެސް, އިސްލާހުގައި ވާ ގޮތުން އެއީ ތިން މަސް ދުވަހަށް ނުވި ނަމަވެސް ރާއްޖޭ ދޫކޮށް ދާން ނިންމާ ހިސާބުން އެ ފޯމު ހުށަހެޅޭނެ އެވެ.

އޭގެ އިތުރުން, ޕެންޝަން ފައިސާ ނަގާފައިވާ ބިދޭސީއަކަށް އަލުން އަނބުރާ އެ ސްކީމުގައި ބައިވެރިވެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް, ދެވަނަ ފަހަރަށް ޖަމާކުރަން ފަށާ ފައިސާ ނެގޭނީ އެ މުވައްޒަފެއްގެ އުމުރުން 65 އަހަރު ވުމުން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ބިދޭސީ މުވައްޒަފުންގެ ފައިސާ ޖަމާކުރަން ޖެހޭނީ އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ މުވައްޒަފު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ ދިވެހި ރުފިޔާ އެކައުންޓަކަށް ކަމަށް ވެސް ވަނީ ގަވާއިދުގައި ބަޔާންކޮށްފަ އެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން ދަނިކޮށް މަރުވާ ބިދޭސީ މުވައްޒަފުންގެ ވާރިސުންނަށް އެ މުވައްޒަފުގެ ނަމުގައި އޮންނަ ޕެންޝަން އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ހޯދުމަށް އެދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި, ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު އެ ފައިސާ ދޫކުރާނީ ވާރިސުންގެ އެކައުންޓަކަށް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.