Advertisement

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އިނގިރޭސިވިލާތަށް

29 އޮކްޓޯބަރު 2022 - 18:42 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އިނގިރޭސިވިލާތަށް

29 އޮކްޓޯބަރު 2022 - 18:42 0

އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ އާ ސަރުކާރުގެ އިސްވެރިންނާ އެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އެގޮތުން، އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓު، ޖޭމްސް ކްލެވަލާއާ ޝާހިދު ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން، މެދުއިރުމައްޗާއި، އޭޝިއާ އަދި އދ. އަށް އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ސްޓޭޓް މިނިސްޓަރު ލޯޑް އަހްމަދުއާ ވެސް ޝާހިދު ބައްދަލުކުރައްވާނެ އެވެ.

ހަމައެހެންމެ، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ އާއި މަތީގޭގެ މެމްބަރުންނާ ވެސް ޝާހިދު ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ވެސް ފުރުއްވި ޝާހިދު، މި ދަތުރުފުޅުގެ ތެރެއިން އޮކްސްފޯޑު ޔޫނިއަން ސޮސައިޓީގައި ތަގުރީރު ވެސް ކުރައްވާނެ އެވެ. އެއީ މަލްޓިލޭޓަރިޒަމްގެ ކުރިމަގާ ގުޅޭގޮތުން ދެއްވާ ތަގުރީރެކެވެ.