Advertisement

މިފްކޯގެ މުވައްޒަފުން ފިޔަވަތި ސެންޓަރަށް ފޮތް ހަދިޔާކޮށްފި

28 އޮކްޓޯބަރު 2022 - 17:50 0

މިފްކޯގެ މުވައްޒަފުން ފިޔަވަތީގައި: ކުރިއަށް އޮތް ތަނުގައި އެހީ ދެވިދާނެ ގޮތްތަކާމެދު ވެސް މަޝްވަރާ ކުރި -- ފޮޓޯ: މިފްކޯ


މިފްކޯގެ މުވައްޒަފުން ފިޔަވަތި ސެންޓަރަށް ފޮތް ހަދިޔާކޮށްފި

28 އޮކްޓޯބަރު 2022 - 17:50 0

މިފްކޯގެ 29 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކުންފުނީގެ މުވައްޒަފުން ފިޔަވަތި ކުޑަކުދިންގެ ހިޔާއަށް ބުރާސްފަތި ދުވަހު ޒިޔާރަތްކޮށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

މިފްކޯއިން މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ އެތަނުގެ މުވައްޒަފުން ފިޔަވަތި ސެންޓަރަށް ހަދިޔާ ކުރީ ކިޔެވުމަށް ބޭނުންވާ އެކި ތަކެއްޗާއި ފޮތް ކަމަށެވެ.

މިފްކޯއިން ފިޔަވަތި ސެންޓަރަށް ދެވޭނެ އެހީތަކާ ގުޅޭ ގޮތުން އެތަނުގެ މެނޭޖްމަންޓާ މަޝްވަރާ ކުރި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ދުވަހު ބޭއްވި ބައެއް ކުޅިވަރުގެ ހަރަކާތްތަކުގައި މިފްކޯގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާން އާއި ސީއެފްއޯ އިލްޔާސް ހަނީފް ވެސް ފިޔަވަތި ސެންޓަރަށް ވަޑައިގެންނެވި ކަމަށް މިފްކޯއިން ބުންޏެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ބުރާސްފަތި ދުވަހު އެތަނަށް ދިޔަ ކަމަށް މިފްކޯއިން ބުންޏެވެ.